30 Jun 2018, 10:15
އިންޑިއާގެ މަދްޔާ ޕްރަދޭޝްގައި ހަތް އަހަރުގެ އަންހެންކުައްޖަކު ރޭޕްކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ފޫޓޭޖް ބޭނުންކޮށްގެން ކަމަށެެވެ. މެޓާ ދީގެން ދެ މީހަކު އެ އަންހެންކުއްޖާ ގޮވައިގެން ދާ ތަން އެ ސީސީޓީވީ ފޫޓޭޖުން ފެނެއެވެ.
އެ އަންހެން ކުއްޖާ ރޭޕްކުރީ މިދިޔަ އަންގާރަ ދުވަހު އޭނާ ސްކޫލު ކައިރީގައި އުޅެނިކޮށް ވަގަށް ނަގައިގެން ގެންދިއުމަށްފަހުއެވެ.
ރޭޕް ކުރުމަށްފަހު މަގުމައްޗަށް އެއްލާލާފައި އޮތް އަންހެން ކުއްޖާ ފެނުނުއިރު ހޭ ވެސް ނެތެވެ.
އަންހެން ކުއްޖާގެ ހާލު މިހާރު ކުރިއަށް ވުރެ ރަނގަޅު ނަމަވެސް އޭނާއަށް ލިބިފައި ހުރި ފުން ޒަހަމްތައް ރަނގަޅުވާން އަދިވެސް ދުވަސް ނަގާނެ ކަމަށް އޭނާއަށް ފަރުވާ ދެމުންގެންދާ ޑޮކްޓަރުން ބުނެއެވެ.
އަންހެން ކުއްޖާގެ ރޭޕްގެ މައްސަލައާ ގުޅިގެން އެތައް ބަޔަކު ވަނީ އޭނާއަށް އިންސާފުު ހޯދައިދިނުމަށް އެދި މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައެވެ. އެ މައްސަލައިގައި މަދްޔާ ޕްރަދޭޝްގެ ޗީފް މިނިސްޓަރުވެސް އަންހެންކުއްޖާ ރޭޕްކުރި މީހާއަށް މަރުގެ އަދަބު ދިނުމަށް ވަނީ ގޮަވާލައްވައިފައެވެ.
(ބީބީސީ)