ރާއްޖޭގެ އަތޮޅުތެރޭގެ ބައެއް ސްކޫލުތަކުގެ މުދައްރިސުންނަށް މެލޭޝިއާގައި ކިޔެވުމަށް 30 ސްކޮލަޝިޕްގެ ފުރުސަތަށް ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ)ން އަތޮޅުތެރޭގެ ސްކޫލުތަކުގެ މުދައްރިސުންނަށް ހުޅުވާލާފައިވަނީ މާސްޓާސް އޮފް އެޑިއުކޭޝަނަލް މެނޭޖްމަންޓް އެންޑް ލީޑާޝިޕްގެ ސްކޮލަޝިޕްތަކެކެވެ.

ޑީއެޗްއީން އިއްޔެ އާންމުކުރި އިއުލާންގައި ބުނީ މެލޭޝިއާގެ ޔުނިވާސިޓީގެ ޓެކްނޮލަޖީ އޮފް މާރާގައި ކިޔެވުމަށް ހުޅުވާލައިފައިވަނީ ކޯސްފީ ހިލޭ ދޭގޮތަށް ދޭ 10 ސްކޮލަޝިޕަކާއި އަދި ލޯނުގެ ގޮތުގައި ދޭ 20 ސްކޮލަޝިޕްތަކެއް ކަމަށެވެ.

މި ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭނެ ސްކޫލުތަކުގެ ލިސްޓުވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

ކޯސްފީ ހިލޭ ދޭ ގޮތަށް ސްކޮލަޝިޕްތައް ހުޅުވާލި ސްކޫލުތައް. އޭގެ ތެރެއިން ކޮންމެ ސްކޫލަކަށް އެއް ސްކޯލާޝިޕް ދޭގޮތަށް ވަނީ ނިންމާފައި--

ކޯސް ފީ ހިލޭ ދޭ ސްކޮލާޝިޕްތަކުގެ ދަށުން އެހެނިހެން ހަރަދުތައް ލޯނުގެ ގޮތުގައި ހަމަޖައްސައިދޭނެ ކަމަށްވެސް ޑީއެޗްއީން ބުންޏެވެ.

އެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައ އެންމެ ދަށްވެގެން ޓީޗންގ ސަރވިސް އޮފިސަރގެ ޝަރުތު ހަމަވުމާއެކު ލީޑިން ޓީޗަރގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، ޓީޗިން ސަރވިސްގެ ޝަރުތު (ޓީއެސްއޯ 2 އިން ޓީއެސްއޯ 11 )ހަމަވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ

ލޯނު ދޭގޮތަށް ސްކޮލަޝިޕްތައް ހުޅުވާލި ސްކޫލުތައް. އޭގެ ތެރެއިން ކޮންމެ ސްކޫލަކަށް އެއް ސްކޯލާޝިޕް ދޭގޮތަށް ވަނީ ނިންމާފައި---

މިއީ ބްލޮކް މޯޑަށް ކިޔަވާ ގޮތަށް ހުޅުވާލި ސްކޮލަޝިޕްތަކެެކެވެ. އެގޮތުން ކޯހުގައި ތިން ބްލޮކް ހިމެނޭއިރު ކޮންމެ ބްލޮކެއްގައި ހިމެނެނީ ތިން މަހެވެ. އަދި ކޮންމެ ބްލޮކެއްގައި ކްލާސްތަކަށް ހާޒިރުވާން ޖެހޭނީ 14 ދުވަސް ކަމަށްވެސް ޑީއެޗްއީން ބުންޏެވެ.

ޑީއެޗްއީން ބުނީ ސޮކަލަޝިޕްތަކަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 10 ގެ 13:30 ކުރިން އެޕްލިކޭޝަން ފޯމާއި އަދި އެހެނިހެން ލިޔުންތަކާއެކު އެ ޑިޕާޓްމަންޓަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.