28 Jun 2018, 15:03
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ވެލާނާގެއަށް ބަދަލުކުރަން ނިންމައި އެ މަސައްކަތް ކުރަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ހިންގާނީ ވެލާނާގޭ ހަތަރު ވަނަ ފަންގިފިލާގައި އެމްއެމްޕީއާރުސީ ހިންގި ބައިގައި އަދި 12 ވަނަ ފަންގި ފިލާގައި (ކުރިން ސިވިލް ސާވިސް ކޮމިޝަން ހިންގި ތަނުގައި) ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަންގެ އިދާރާ ހިންގަމުން ދިޔަ އޮފީސް އަންނަ އާދިއްތަ ދުވަހުން ބަދަލުވާނޭ ކަމަށް އެ ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.
މީގެ ކުރިން ވެލާނާގޭ 12 ވަނަ ފަންގިފިލާގައި ހިންގަމުންދިޔަ ސީއެސްސީގެ އިދާރާ ބަދަލުކުރަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ހިންގަމުންދިޔަ އިމާރާތަށެވެ.
ސިވިލް ސާވިސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ ކޮމިޝަނުގެ ހިދުމަތްތައް ލިބޭނީ ކުރިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ހިނގަމުންގެން ދިޔަ ހެންވޭރު މަޖީދީމަގުގައި ހުރި ޢިމާރާތުގައި ކަމަށެވެ. އެ އިމާރާތަށް އެމްއެމްޕީއާރުސީގެ މަސައްކަތްތައް ވެސް ބަދަލުކުރަން ނިންމާފައިވާ ކަމަށް ވަނީ އެނގިފަ އެވެ.