28 Jun 2018, 13:58
އަންހެން ޕްރެޒެންޓަރަކު ލައިގެން ހުރި ހެދުމެއްގެ މައްސަލަ ސައުދީ އަރަބިއާގެ ކަމާ ބެހޭ ފަރާތްތަކުން ބަލަން ފަށައިިފި އެވެ.
ޝީރީން އަލް ރިފާއީ ނަމަކަށް ކިޔާ މި އަންހެން ޕްރެޒެންޓަރުގެ މައްސަލަ ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ބަލަންފަށާފައި ވަނީ ސައުދީގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިން ހަބަރު ކަވަރު ކުރި އިރު އޭނާ ލައިގެން ހުރީ އިސްލާމީ އުސޫޫލުތަކާ ޚިލާފު، ސައުދީގައި އަންހެނުން ހެދުން އެޅުމުގެ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެވެ.
ޝީރީން އަކީ ސައުދީގެ ރައްޔިތެއް ނަމަވެސް މަސައްކަތް ކުރަނީ ދުބާއީގެ އަލް އާން ޓީވީގަ އެވެ.
ޝީރީން ސައުދީގެ މަގުމަތީ ހުރީ ހުދު ކުލައިގެ "ރޯބް" އެއް ލައިގެންނެވެ. އޭނާގެ ހެދުން ވަޔާ ވިހުރޭއިރު އަޑިން ލާފައި ހުރި ހެދުން ފެންނަ ކަމަށް ބުނެ އެ މައްސަލަ ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ބަލަމުންނެވެ.
ސައުދީގެ ޖެނެރަލް ކޮމިޝަން ފޯ އޯޑިއޯވިޝުއަލް މީޑިއާ އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަންހެން ޕްރެޒެންޓަރަކު ބޭއަދަބީ ކޮށް ހެދުން އަޅައިގެން މަގުމަތީ ހުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ.
އަންހެނުން ހެދުން އެޅުމަށް ސައުދީގައި އޮޮންނަ އުސޫލަކީ އަންހެނުން އަބާޔާ ލައި ބޯ ނިވައި ކުރުމެވެ. ނަމަވެސް އެގައުމުގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާނު އެމެރިިކާގެ ސީއެންބީސީ އަށް މި އަހަރުގެ މާޗް މަހު ވިދާޅުވީ އަންހެނުން އަބާޔާލުން ލާޒިމު ނޫން ކަމަށާއި ނަމަވެސް ހެދުން އަޅަން ވާނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
ޝީރީންގެ މައްސަލަ މިހާރު ބަލަމުންދާއިރު އޭނާ ހުރީ ޔޫއޭއީގަ އެވެ. އޭނާ ބުނީ ހެދުން އަޅައިގެން ހުރީ އިސްލާމީ އުސޫލުތަކާ ޚިލާފަށް ނޫން ކަމަށެވެ.
#SaudiGeneral Authority for Audiovisual Media investigates anchor Shereen Rifai “for violating regulations and instructions” by “wearing indecent clothing” during a report she present on ending the ban on women driving in#SaudiArabiaaccording to Okaz newspaperpic.twitter.com/3PDvRwVe2q
— Zaid Benjamin (@zaidbenjamin)June 26, 2018