ބޭންކުތަކުގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވާ މެމްބަރުންގެ ދައުރުގެ މުއްދަތަކީ ތިން އަހަރު ދުވަސް ކަމުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ބޭންކިންގްއާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާން އިއްޔެ މަޖިލީހަށް ހުށަހެޅުއްވީ އިއްޔެއެވެ.

ދިވެހިރާއްޖޭގެ ބޭންކިންގްއާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގައި ބުނަނީ، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެން ވާންވާނީ މަދުވެގެން ފަސް މެމްބަރުންނާއި 15 މެމްބަރުންނާ ދެމެދުގެ އޮނަހިރި އަދަދެއްގެ މައްޗަށް ކަމަށާއި، ބޯޑަށް މެމްބަރުން އައްޔަނުކުރާނީގިނަވެގެން ހަތަރު އަހަރު ދުވަހަށްކަމަށެވެ. އަދި ކޮންމެ ދައުރެއް ހަމަވުމުން ހަތަރު އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް އެމީހަކު އައްޔަނުކުރެވިދާނެ ކަމަށެވެ.

ސަރުކާރުން އެ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ބޯޑަށް އައްޔަނުކުރާ މެމްބަރެއްގެ މެމްބަރުކަމުގެ މުއްދަތަކީ އޭނާ ބޯޑަށްއައްޔަނުކުރާ ދުވަހުން ފެށިގެން ތިން އަހަރު ދުވަސް ކަމަށެވެ. އަދި ދައުރު ހަމަވުމުންތިން އަހަރުގެ އެއް ދައުރަށްމެމްބަރުކަމަށް އައްޔަނުކުރެވިދާނެ ކަމަށެވެ.

މީގެ އިތުރުން އެ މާއްދާގެ (ނ)އަށް ވެސް ސަރުކާރުން ވަނީ އިސްލާހެއް ހުށަހަޅާފައެވެ. އެ އިސްލާހުގައި ބުނެފައިވަނީ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ މެމްބަރަކީއުމުރުން 25 އަހަރާއި 65 އަހަރާ ދެމެދުގެއުމުރުގެ މީހަކަށް ވާންޖެހޭނެ ކަމަށެވެ.

މިހާރު އޮންނަ ގޮތުން ބޯޑު މެމްބަރުން ވާންޖެހެނީއުމުރުން 30 އަހަރާއި 70 އަހަރާ ދެމެދުގެމީހުންނަށެވެ. އަދި މެމްބަރެއްގެ އުމުރު 70 އިން މަތިވި ނަމަވެސް، އެ މެމްބަރެއްގެ ހިދުމަތް ދެމިހުރި ގޮތެއްގައި ހޯދުމަށް އެމްއެމްއޭއިން އެ މެމްބަރަކު ބޯޑުގައި ދެމިހުރެވޭނެ އެންމެ މަތީ އުމުރު ކަނޑައެޅިދާނެކަމަށްވެސް ބޭންކިންގް ގާނޫނުގައި އޮވެއެވެ.