Back
Nov 24, 2025 SUN
SUN

އުރީދޫ އެމްފައިސާ މެދުވެރިކޮށް އެމްއެންޔޫގެ ޓިއުޝަން ފީ ދެއްކޭގޮތް ހަދަނީ

އުރީދޫ އެމްފައިސާ މެދުވެރިކޮށް އެމްއެންޔޫގެ ޓިއުޝަން ފީ ދެއްކޭގޮތް ހަދަނީ
Lead photo

އުރީދޫގެ އެމްފައިސާ މެދުވެރިކޮށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޓީއުޝަން ފީ ދެއްކޭނެ ގޮތް އިންތިޒާމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސިލަރު މުއާވިޔަތު މުހައްމަދެވެ. އަދި އުރީދޫގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫގެ ސީއީއޯ ނަޖީބް ހާންއެވެ.

އެ އެއްބަސްވުމާއި ބެހޭގޮތުން ސަންއަށް މައުލޫމާތު ދެއްވަމުން އުރީދޫއިން ބުނީ، އެ އެއްބަސްވުމަކީ އެމްއެންޔޫއަށް ފައިސާ ދެއްކުމަށް ދަރިވަރުން ކިއުގައި ޖެހިގެން ގިނަ އިރުތަކެއް ތިބެން ޖެހުމުގެ ބަދަލުގައި ލުއި ފަސޭހަ ހައްލެއް ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން އެމްއެންޔޫގެ ދަރިވަރުން އެމްފައިސާއަށް ރެޖިސްޓާކޮށް ކިއުގައި މަޑުނުކޮށް ޓިއުޝަން ފީ ދައްކާލެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ. އުރީދޫ އެމްފައިސާއަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ރެޖިސްޓާ ކުރެވޭނެއެވެ.

އުރީދޫ އެމްފައިސާ ހިދުމަތަކީ ވޮލެޓްގައި ފައިސާ ގެންގުޅުމުގެ ބަދަލުގައި، ފޯނުގައި ހިދުމަތް ރަޖިސްޓާ ކޮށްގެން އެކައުންޓަކަށް ރުފިޔާ ޖަމާކޮށް، މޮބައިލް ފޯނު މެދުވެރިކޮށް އެކި ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެކެވެ.

އުރީދޫ އެމް ފައިސާގެ ހިދުމަތް ބޭނުންކޮށް މިހާރު ގިނަ ބިލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ހަމަ ޖައްސާފައެވެ. އޭގެ ތެރޭގައި މީޑިއާނެޓް، ކަރަންޓު ބިލް، ސުޕާނެޓް، ފެންބިލް، މޯލްޑިވްސް ގޭސް އަދި އުރީދޫގެ ފޯން ބިލްވެސް ދެއްކޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫއިން އަންނަނީ ގިނަ ބަޔަކާ އެކު ޕާޓްނާޝިޕް ހަދައި އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics