10:00


މަސްވެރިންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ތެލުގެ ސަބްސިޑީ މާދަމާއިން ފެށިގެން ދޫކުރާނެ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ބުނެފި އެވެ.


ގެޒެޓްގައި ޝާއިއު ކޮށްފައިވާ ފިޝަރީޒް މިނިސްޓްރީގެ އިޢުލާނެއްގައި ބުނެފައިވަނީ މިއަހަރު ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު މަސްވެރިކަން ކުރާ ފަރާތްތަކަށް ވަނީ ތެލުގެ ސަބްސިޑީ ދިނުމަށް ހަމަޖައްސާފައި ކަމަށާއި އެގޮތުން އެ މިނިސްޓްރީން މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދިނުމަށް ހަމަޖެހިފައިވަނީ ދެ ބުރަކަށް ބަހަލައިގެން ކަމަށެވެ. މިގޮތުން ފުރަތަމަ ބުރުގެ ތެލުގެ ސަބްސިޑީ ރިކުއިޝަން ސްލިޕް އާއި ލިޔެކިޔުންތައް މާދަމާއިން ފެށިގެން އެމިނިސްޓްރީގެ މަސްވެރިކަމަށް ތެލުގެ ސަބްސިޑީ ދިނުމާ ބެހޭ ޔުނިޓުން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ އިޢުލާންގައިވެ އެވެ. އަދި ރިކުއިޒިޝަން ސްލިޕް އާއި ލިޔުންތައް ދުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ބަންދު ނޫން ކޮންމެ ދުވަހެއްގައި ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީގެ އިއުލާންގައިވެ އެވެ.