28 Jun 2018, 00:01
ޕޮޕް ލަވައިގެ ރަސްގެފާނު މައިލަކް ޖެކްސަންގެ ބައްޕަ ޖީ ޖެކްސަން އުމުރުން 89 އަހަރުގައި މަރުވެއްޖެއެވެ.
ޖޯ މަރުވެފައިވަނީ ކެންސަރަށް ފަރުވާދެމުން ދަނިކޮށް ލޮސް އެންޖެލްސްގެ ހޮސްޕިޓަލެއްގައެވެ. ޖޯ އަށް މީގެ ކުރިންވަނީ ހިތުގެ މައްސަލަތައް ޖެހިގެން އެކިފަހަރު މަތިން ހޮސްޕިޓަލުގއި ފަރުވާ ދީފައެވެ. އޭނާ އަށް ދެތިން ފަހަރު ހާޓް އެޓޭކް ޖެހިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ޖޯ ޖެކްސަން މަރުވިކަން އޭނާގެ ކާފަ ދަރިފުޅު ތާޖް ޖެކްސަން ވަނީ ޔަގީންކޮށްދީފައެވެ.
ޖޯ އަކީ ގޯލްޑަން ގްލޯވް ބޮކްސާ އެއްގެ އިތުރުން މިއުޒީޝަނެއްވެސް މެއެވެ. 60 ގެ އަހަރުތަކުގައި އޭނާގެ ދަރިންނާއެކު މިއުޒިކް ބޭންޑެއްވަނީ ހިންގައިފައެވެ.
ޖޯ މަރުވި އިރު އަށް ދަރިން ދުނިޔޭގައި އެބަތިއްބެވެ.