އިން ޑިސްޕްލޭ ފިންގާ ޕްރިންޓް ސްކޭނާ އާ 3ޑީ ފޭޝަލް ރިކޮގްނިޝަން ޓެކްނޮލަޖީ ސެމްސަންގްގެ ކުރިއަށް އޮތް ފްލެގްޝިޕް ޑިވައިސް ސެމްސަންގް އެސް10ގައި ހިމަނާނެ ކަމަށް ކޮރެއާގެ ހަބަރުތައް ބުނެފިއެވެ.

މީގެ ކުރިން ބެލެވިފައި އޮތީ އާ ފޯނުގައި އައިރިސް ސްކޭނާ އެއް ހިމަނާނެ ކަމަށެވެ. ނަމަވެސް ފަހުގެ ރިޕޯޓުތައް ބުނާގޮތުން ސެމްސަންގް އިން ނިންމާފައިވަނީ އެސް10 ގައި ފޭޝަލް ރިކޮގްނިޝަން އަދި ސްކްރީން ތެރޭ ފިންގާ ޕްރިންޓް ސްކޭނާ އެއް ހިމެނުމަށެވެ.

ސެމްސަންގުގެ ފޯނުތަކުގައި މިހާރު ފިންގާ ޕްރިންޓް ސްކޭނާ ހިމަނާފައިވަނީ ފޯނުގެ ފަހަތުގައެވެ. އެކުންފުނިން މިއަހަރު ނެރުނު އެސް9 ގައި ފޭޝަލް ރިކޮގްނިޝަން ހިމަނާނެ ކަމަށް ލަފާކުރެވުނު ނަމަވެސް އެ ފޯނުގައި އެ ފީޗާ ހިމަނައިފައެއް ނުވެއެވެ.

އެސް10 ގައި 5.8 ހިމަނާނީ އިންޗީގެ ޑިސްޕްލޭ އެއް ކަމަސްވެސް ކޮރެއާގެ ހަބަރުތައް ބުނެއެވެ. އެސް 10 ޕްލަސް ގައި 6.2 އިންޗީގެ ޑިސްޕްލޭއެއް ހިމަނާނެ ކަމަށާއި މި މޮޑެލްގައި ތިން ވައްތަރެއްގެ ފޯނު ނެރޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެއީ 5.8 އންޗީގެ ދެ ފޯނަކާއި 6.2 އިންޗީގެ ފޯނެއް ކަމަށާއި މީގެ ތެރެއިން 5.8 އިންޗީގެ އެއް ފޯނަކީ އެއް ކެމެރާ އާއެކު ނެރޭފެ ފޯނެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަނެއް ފޯނުގައި ދެ ރެއާ ކެމެރާ ހިމަނާނެ ކަމަށާއި އެސް10 ޕްލަސް އަކީ ތިން ކެމެރާ ހިމަނާނެ ފޯނެއް ކަމަށް ބުނެފައިވެއެވެ.