ސޮނީ އެކްސްޕީރިއާގެ އާ ފޯނު އެކްސްޒީ2 ޕްރިމިއަމްގެ އަގާއި ފޯނު ނެރޭނެ ތާރީޚު އާންމު ކޮށްފިއެވެ.

އެކްސްޕީރިއާ އެކްސްޒީ2 ބާޒާރުގައި ހުރީ 800 ޑޮލަރަށެވެ. މި މޮޑެލްގެ އަޕްގްރޭޑެޑް ވާޝަންގެ އަގު އާންމުކޮށްފައިވާއިރު ފޯނު ވިއްކަން ފަށާނީ އަންނަ މަހުގެ 30 ގައެވެ.

އަޕްގްރޭޑް ވާޝަން އެކްސްޕީރިއާ އެކްސްޒީ2 ޕްރިމިއަމްގެ އަގަކީ 999.99 އެމެރިކާ ޑޮލަރެވެ.

އެމެޒޯން އާއި ބެސްޓް މެދުވެރިކޮށް މިހާރުވެސް ފޯނަށް ޕްރީ އޯޑާ ކުރެވޭނެއެވެ. އެކްސްޒީ2 ޕްރިމިއަމް އަކީ 5.8 އިންޗީގެ 4-ކޭ އެޗްޑީއާރު ޑިސްޕްލޭ އެއް ހިމެނޭ ޑުއަލް ރެއާ ކެމެރާ ވެސް ހިމެނޭ ފޯނެކެވެ.

މި ފޯނުގައި ހަ ޖީބީގެ ރެމް އެއް ހިމަނާފައިވާއިރު މި ފޯނުގައި ހެޑްފޯނު ޖެކް ހިމަނާފައިވާކަމަކަށް ނުބެލެވެއެވެ.