27 Jun 2018, 23:04
މަޝްހޫރު ލީޑާޝިޕް ކޮންސަލްޓެންޓް ޑރ.މައިކަލް ބްރެނަރ ގެ ޓްރެއިނިން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
"ބިކަމިންގް އެން އިންފްލުއެންޝަލް ލީޑަރ" ގެ ނަމުގައި އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ މި ޓްރެއިނިން ޕްރޮގްރާމަކީ މަޓާޓޯ އިން އިންތިޒާމު ކުރާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން މަޓާޓޯ އިން ބުނީ ޓްރެއިނުން ޕްރޮގްރާމަކީ އެގްޒެކެޓިވް މަގާމުތަކާއި މެނޭޖްމެންޓު މަގާމުތައް އަދި ލީޑާޝިޕް މަގާމުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކުރާ ޕްރޮގްރާމެއް ކަމަށެވެ.
ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބާޢްވާ މި ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވުމުގ ފުރުސަތު މަޓާޓޯ ގެ މެންބަރުންނަށާއި މެންބަރުން ނޫން ފަރާތްތަކަށްވެސް ވަނީ ހުޅުވާލައިފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް މަޓާޓޯގެ މެންބަރުން 150 ޑޮލަރުގެ ފީ އެއް ދައްކަން ޖެހޭއިރު މެންބަރު ނޫން ފަރާތްތަކުން ދައްކަން ޖެހޭނީ 175 ޑޮލަރުގެ ފީ އެކެވެ.
މީގެ އިތުރުން ކޯޕަރޭޓް ޑިސްކައުންޓް ގެ ގޮތުގައި ވެސް ޚާއްޞަ ޑިސްކައުންޓްތަކެއް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން ތިން ބޭފުޅުންނަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވާނަމަ ފަސް ޕަސެންޓް ގެ ޑިސްކައުންޓެއް، ފަސް ބައިވެރިންނަށްވުރެ ގިނަ ނަމަ 7.5 ޕަސެންޓް ގެ ޑިސްކައުންޓް އަދި 10 އަކަށް ވުރެ ގިނަ ޢަދަދެއްގެ ބައިވެރިން ބައިވެރިވާނަމަ 10 ޕަސެންޓް ގެ ޑިސްކައުންޓެއް ލިބޭނެކަމަށް މަޓާޓޯއިން ބުނެއެވެ.
ދާއިރާގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރަން މަޓާޓޯ އިން ގެންދަނީ މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.