27 Jun 2018, 18:52
ރަމަޟާން މަހާ ދިމާކޮށް އެސްޓީއޯ ސުޕަމާޓުން ކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރުގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފިއެވެ.
އޭޕްރީލް 15 އިން ޖޫން 14 އަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ކަނޑައަޅާފައިވަނީ އެއް އަހަރަށް އެސްޓީއޯ ސުޕަމާޓުން ވިޔަފާރި ކުރެވޭނެ ވައުޗަރެކެވެ. އިނާމު ތިން މީހަކަށް ލިބޭއިރު، ގުރުއަތުން ހޮވުނު ނަންތަކަކީ، ކޫޕަން ނަމްބަރު 20296 ޝާން، ކޫޕަން ނަމްބަރު 18705 އަލީ ސަމީމް އަދި ކޫޕަން ނަމްބަރު 1289 އަދީލާ އެވެ.
މީގެ އިތުރުން އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ރަމަޟާން މަހާ ދިމާކޮށް ކުރިއަށް ގެންދިޔަ ހޯލްސޭލް ޕްރޮމޯގެ ގުރުއަތުނެގުން ވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެސްޓީއޯ އިން ރާއްޖެއަށް އެތެރެކޮށް ހޯލްސޭލް ކުރާ 39 ބްރޭންޑަކަށް ޚާއްސަކޮށްގެން އޭޕްރީލް 17 އިން މިމަހުގެ 14 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުގެ އެއްވަނަ އިނާމަކަށް ކަނޑައަޅާފައިވާ ހިޓާޗީ 18,000 ބީޓީޔޫ އޭސީ، ފިލިޕްސް 55 އިންޗި ޓީވީ އަދި ސެންފޯޑު ޗިލާގެ ނަސީބުވެރިއަކީއަބްދުލް ހަންނާނު، ކޫޕަން ނަމްބަރު 1082އެވެ.
ދެވަނައަށް ހޮވޭ ފަރާތަކަށް ކަނޑައަޅާފައިވާ ހިޓާޗީ 12,000 ބީޓީޔޫ އޭސީ، ފިލިޕްސް 55 އިންޗި ޓީވީ އަދި ވާވޭ ފޯނުގެ ނަސީބުވެރިޔަކީމުހަމްމަދު ކާހިރު، ކޫޕަން ނަމްބަރު 0268އެވެ. މި ޕްރޮމޯޝަންގެ ތިން ވަނަ އަށް ކަނޑައަޅާފައިވާ އިނާމަކީ ހިޓާޗީ 9,000 ބީޓީޔޫ އޭސީ، ފިލިޕްސް 49 އިންޗި ޓީވީ، ސެންފޯޑު މައިކްރޯވޭވްއެކެވެ. މި އިނާމުގެ ނަސީބުވެރިޔަކީއަލީ ނިޔާޒް، ކޫޕަން ނަމްބަރ 1587 އެވެ.
މީގެއިތުރުން މި ޕްރޮމޯޝަނުގައި އިތުރުން 10 ފަރާތަކަށް ޚާއްސަ އިނާމަެއް ވަނީ ކަނޑައަޅައިފައެވެ. އެއީ އެސްޓީއޯ އިން ރާއްޖެ އެތެރެކުރާ ބްރޭންޑުތަކުގެ ކޭހެވެ. މި އިނާމު ލިބޭ 10ނަސީބުވެރިންނަކީ
1. މުހަމްމަދު ލަޔާން، ކޫޕަން ނަމްބަރު 0107
2. މުހަމްމަދު ކާހިރް، ކޫޕަން ނަމްބަރު 1728
3. އަބޫބަކުރު އަށްބާސް، ކޫޕަން ނަމްބަރު 0412
4. އޮލިއުއްލާ ، ކޫޕަން ނަމްބަރު 2514
5. އަލީ ، ކޫޕަން ނަމްބަރު 2444
6. އަލީ ނިޔާޒް، ކޫޕަން ނަމްބަރު 1586
7. އަހްމަދު މާއިޝް ، ކޫޕަން ނަމްބަރު 0540
8. މުހަމްމަދު ލަޔާން، ކޫޕަން ނަމްބަރު 0109
9. ޝޯހިދު މުހައްމަދު، ކޫޕަން ނަމްބަރު 0873
10. ހުސެން ރަޝީދު، ކޫޕަން ނަމްބަރު 2380