27 Jun 2018, 13:48
ދެކުނު އެފްރިކާގެ ބަތަލާ އެމޭންޑާ ޑުޕޮންޓް އޭނާގެ 30 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.
އެމޭންޑާ ރާއްޖޭގައި އުފަންދުވަސް ފާހަގަކުރާ ކަން، ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ ވަނީ ފޭނުންނަށް އަންގާފައެވެ. ވެލިގަނޑު އައިލެންޑް ރިސޯޓް އެންޑް ސްޕާގައި އޭނާގެ އުފަން ދުވަސް ފާހަގަކުރާއިރު އޭނާ ވަނީ އެ ރިސޯޓްގެ ސްޓާފުންނާއި މެނޭޖްމަންޓްއަށް އިންސްޓަގްރާމް މެދުވެރިކޮށް ޝުކުރު އަދާކޮށްފައެވެ.
ވެލިގަނޑު އައިލޭންޑްގައި އެމޭންޑާ ނަގާފައިވާ ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައި ވާއިރު އެމޭންޑާ ބުނީ "މިއީ ހުވަފެނެއް" ކަމަށެވެ.
އެމޭންޑާ ވަނީ "10 ޑޭސް އިން ސަން ސިޓީ" ފިލްމުގައި ހަރަކާތްތެރިވެފައެވެ.