މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭ ސިނާއީ ސަރަހައްދުން ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައި އޮތް ހިސާބުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި އެކަކުގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެމުން އެބަދެއެވެ.

އެ އެކްސިޑެންޓް ހިނގީ 25 ވަނަ ދުވަހުގެ ރޭ ދަންވަރު 12:50 ހާއިރުއެވެ. އެކްސިޑެންޓް ހިނގީ ދެ ސައިކަލު ޖެހިގެންނެވެ.

އެ އެކްސިޑެންޓްގައި ހަތަރު މީހަކު ޒަހަމްވި އިރު އެމީހުން ދުއްވި ސައިކަލުތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ. އަދި ޒަހަމްވި މީހުންގެ ތެރެއިން ހާލު ސީރިއަސްވި މީހުން ފިޔަވައި ދެން ތިބި މީހުންވަނީ ދޫކޮށްލާފައެވެ.

ހާލު ސީރިއަސްވި މީހާއަށް އޭޑިކޭގައި ފަރުވާ ދެމުންދާއިރު އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ވަނީ އެނގިފައެވެ. ނަމަވެސް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

ފުލުހުން ބުނީ އެފަދަ އެކްސިޑެންޓެއް ހިނގައިގެން 25 ވަނަ ދުވަހުގެ ރޭ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަަމަށެވެ.