27 Jun 2018, 09:05
ކުޅަދާނަ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ ކުރިއަށް އޮތް ފިލްމު "ޕަޓާކާ"ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.
ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓް ތަރަން އާދަޝް ކުރި ޓްވީޓްގައި ބުނީ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.
ފިލްމުގައި އަންހެން ދެ ލީޑެއް ހަރަކާތްތެރިވާނެ ކަމަށާއި އޭގެ ތެރެއިން އެކަކީ އާމިރު ޚާންގެ "ދަންގަލް" އިން ފެނިގެންދިޔަ އަންހެން ތަރިއެވެ. "ދަންގަލް" އަށް ފަހު މި ފިލްމުވެގެންދާނީ ސާނިޔާ މަލްއުތުރާގެ ފުރަތަމަ ފިލްމަށެވެ.
ރަށްފުށުގެ އާއިލާއަކަށް ނިސްބަތްވާ ޒުވާން އަންހެން ދެބޭންގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ ޝައުގުންފުރިގެންވާ ފިލްމެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު ބުންޏެވެ.
ފިލްމުގެ ދެވަނަ އަންހެން ލީޑެއްގެ ގޮތުގައި ފެނިގެންދާނީ މަޝްހޫރު ހިންދީ ސީރީޒް ތަކުން ފެންނަ ރާދިކާ މަދަން އެވެ. މިއީ ރާދިކާ ބޮލީވުޑަށް ތައާރަފްވާ ފުރަތަމަ ފިލްމުވެސް މެއެވެ.
ފިލްމުގައި ވިޖޭ ރާޒް އަދި ސުނިލް ގްރޯވަރުގެ ބައެއްވެސް ހިމެނޭނެއެވެ.