ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ތަރުޖަމާނުގެ މަގާމު ފުރުއްވި މުހައްމަދު ޒުހައިރާއި އަދި އިތުރު ފަސް މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެ ހަމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ޒުހައިރުގެ އިތުރުން ފުލުހުން ހޯދަމުންދަނީ މާލެ، ދަފްތަރު ނަންބަރު 4976، އިބްރާހީމް ޢަޒްމީލް (39އ) އާއި ސ.ހިތަދޫ، ރީލް މަންޒިލް، މުޙައްމަދު ލަޠީފް (61އ) އާއި ސ.ހިތަދޫ، ސައުތްކްރޯސް، މޫސާ މުންތަސިމް (28އ) އާއި މާލެ، ހ.މިނީގާރޑްން، މުޙައްމަދު ޔާސިރު (46އ) އާއި އަދި ސ.މަރަދޫ، މައިޒާން، މުޙައްމަދު ފަރުޞީދު (39އ) އެވެ.

ފުލުހުން ބުނީ މުޙައްމަދު ޒުހައިރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޟިރުކުރުމަށް ބޭނުންވެ ހާޟިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ޖޫން މަހުގެ 27 ވަނަ ދުވަހުގެ 10:40 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ. ދެން ތިބި މީހުން ހޯދަން އިއުލާންކޮށްފައި ވަނީ ތަފާތު މައްސަލަތަކާ ގުޅިގެންނެވެ.

ދެހާސް ބާރަ ވަނަ އަހަރު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ހދ. ހޮނޑައިދޫގައި ބަނގުރާ ބޭނުންކުރުމުގެ ތުހުމަތުގައި ޒުހައިރު އިތުރު ބަޔަކާ އެކު ހައްޔަރުކުރި އެވެ. ނަމަވެސް ފަހުން އެ މައްސަލާގައި އޭނާ ވަނީ

އެނގިފައިވާ ގޮތުގައި ޒުހައިރު މިހާރު އުޅުއްވަމުން ގެންދަވަނީ ސްރީލަންކާގަ އެވެ.