26 Jun 2018, 14:59
އެޕަލްއިން ނޮއިސް ކެންސަލިން، ވޯޓާ ރެސިސްޓެންޓް އެއާޕޮޑްސް ބާޒާރަށް ނެރެން މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފީޗާސްތައް ހިމެނޭ އެއާޕޮޑްސް އުފެއްދުމަށް އެޕަލްއިން ވިސްނާކަމަށް ޚަބަރު ފެތުރޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިހާރު ރިޕޯޓުތައް ބުނާގޮތުން މި އެއާޕޮޑްސް 2019 ވަނަ އަހަރު ބާޒާރަށް ނެރޭނެއެވެ.
އާ އެއާޕޮޑްސްގެ އަގު އުޅޭނެކަމަށް ލަފާކޮށްފައިވަނީ 159 ޑޮލަރުގައެވެ. މި އުފެއްދުމަކީ މިހާރުގެ އެއާޕޮޑްސްއާ ބަލާއިރު ބްލޫޓޫތު ރޭންޖު ހައި އުފެއްދުމަކަށް ވާނެއެވެ.
މީގެ އިތުރުން އާ ހޯމް ޕޮޑް މޮޑެލްއެއްގެ މަސައްކަތްވެސް އެޕަލްއިން ދަނީ ކުރަމުންނެވެ. އެޕަލްގެ ސްމާޓު ސްޕީކަރު، ހޯމް ޕޮޑްގެ އާ ވާޝަން އާ ގުޅޭ މާ ގިނަ މައުލޫމާތެއް އަދި އާންމެއް ނުކުރެއެވެ. މީގެ އިތުރުން އޯވާ ދަ އިޔާސް ހެޑްފޯނު ބާޒާރަށް ނެރެންވެސް އެޕަލްއިން ވަނީ ތައްޔާރު ވެފައެވެ.