26 Jun 2018, 11:28
އެޕަލްގެ މެކްބުކްތަކުގެ ކީބޯޑުތަކަށް ދިމާވާ މައްސަލަ ހައްލުކޮށްދޭން އެ ކުންފުނިިން ނިންމައިފިއެވެ.
އެޕަލް އިން ބުނީ ކީބޯޑުގެ ބައެއް ފިތްތައް މަސައްކަތް ނުކުރާ މައްސަލަ ނޫނީ މުޅި ކީބޯޑު އެކީވެސް މަސައްކަތް ނުކުރާ މައްސަލަ ކުރިމަތިވާކަމަށެވެ.
މައްސަލަ ހައްލުކޮށްދޭން ނިންމާފައިވަނީ މައްސަލަ ދިމާވާ ފިތް ނޫނީ ކީބޯޑުއެކީ ބަދަލުކޮށްގެންނެވެ.އެގޮތުން 2015 އާ 2017 އާ ދެމެދު އުފައްދާފައިވާ 12 އިންޗި އަދި 15 އިންޗީގެ މެކް ބުކްތަކަށްމި މައްސަލަ ދިމާވާނަމަ ހައްލު ކޮށްދޭން އެޕަލް އިން ވަނީ ނިންމައިފައެވެ.
މި މައްސަލަ ދިމާވެ، އަމިއްލައަށް ފައިސާ ދައްކައިގެން ހައްލު ހޯދި ކަސްޓަމަރުން އެޕަލް އަށްގުޅައިގެން ރިފަންޑު ހޯދަންވެސް އެ ކުންފުނިން ވަނީ އެދިފައެވެ.
އެޕަލް އިން 2015 ގައި ތައާރަފު ކުރި "ބަޓަފްލައި ސްޓައިލް" ކީބޯޑުގެ މައްސަލަތައް ގިނަ ކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.