25 Jun 2018, 20:58
މަތީ ތައުލީމުގެ ހިދުމަތް ދޭ ރާއްޖޭގެ ޔުނިވާސިޓީތަކާއި، ކޮލެޖުތަކުގެ އިތުރުން އިންސްޓްޓިއުޝަންސްތަކުން ހިންގާ ކޯސްތަކުގައި ''ހިއުމަން ރައިޓްސް" ގެ ބައިތައް ހިމެނުމަށް މަޝްވަރާކޮށްފިއެވެ.
މިިއަދު ހެނދުނު 9:00 އިން މެންދުރުފަހު 3:30 އަށް އެވިޑް ކޮލެޖުގައި ކުރިއަށްދިޔަ ފޯރަމްގައި ''ހިއުމަން ރައިޓްސް'' އާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެ ފޯރަމްގައި ރާއްޖޭގެ 15 އިންސްޓިޓިއުޝަނަކުން ބައިވެރިވިއެވެ.
މިއަދުގެ ރަސްމިއްޔާތަށްފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ސީނިއާ އެޑިއުކޭޝަން އޮފިސަރު ހަދީޖާ ލިމްޔާ ވިދާޅުވީ އެ ފޯރަމަކީ އިންސާނީ ހައްގުތައް މަތީ ތައުލީމުގެ ތެެރެއިން ހިމެނުމަށްޓަކައި، އިންސާނީ ހަައްގުތައް މިހާރު މަތީ ތައުލީމުގެ ތެރޭގައި ހިމެނޭ މިންވަރު ދެނެގަނެ އަދި އިތުރުކުރަންވީ ބައިބައި ބަޔާ މެދު މަޝްވަރާކުރުމަށް ބޭއްވި ފޯރަމެއް ކަމަށެވެ.
މަތީ ތައުލީމުގައި "ހިއުމަން ރައިޓްސް" ގެ ބައިތައް ހިމެނުމަށް މަޝްވަރާކުރުމަށް ބޭއްވި ފޯރަމްގެ ތެރެއިން-- ފޮޓޯ: މުހައްމަދު އަފުރާހު
''ފޯރަމްތެރެއިން ސަޖެސްޓް ކުރެވިގެންދިޔަ އިންސާނީ ހައްގުތައް އުނގަންނައިދިނުމަށްޓަކައި އެބަ ފަރާތްތަކެއް ތައްޔާރުކުރަން ޖެހޭކަން. ކޮލެޖުތަކަށް ދިމާވާ ދަތިތަކެކޭ މިސާލަކަށް މޮޑިލުކަށް ލިޔަސް އެ ކިޔަވައިދޭނެ ފަރާތެއް . އެއީވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ އެއްކަމެއް. އިންސާނީ ހައްގުތައް ކިޔަވައިދޭނެ ރިސޯސް ބިލްޑްކުރުމަށް އެއީ އައި ސަޖެސްޝަނެއް،" ލަމްޔާ ވިދާޅުވިއެވެ.
އެ ފޯރަމްގައި ވަކި ވަޒީފާތަކެއްގައި ހުންނަންޖެހޭނެ ސުލޫކީ މިންގަނޑުތަކާ މެދުވެސް މަޝްވަރާ ކުރެވުނުކަމަށް ވެސް ލަމްޔާ ވިދާޅުވިއެވެ.
''މިސާލަކަށް ނަރުހުންގެ މި މިންގަނޑުތައް ހުންނަން ޖެހޭނެ. އެހެންވެ އެ ޕްރެފެޝަންއާ ގުޅިގެން ޑިސްކަސްކުރެވިގެން މިންގަނޑުތަކެއް އެއްބަސްވުންތަކަކަށް އަޅުގަނޑުމެން މީ ހުންނަން ޖެހޭނެ ބައިތަކެކޭޭ ކިޔާފައި ކޯޑް އޮފް އެތިކްސްގެ ތެރެއަށް ނޫނީ އެކަހަަލަ އެއްޗެއްގެ ތެރެއަށް އެ މިންގަޑުތަކެއްގެ ތެރެއަށް ޑިފައިން ވެގެން. އޭރަށް ފަސޭހަ ވެގެންދާނެތާ ދެން ކިޔައިވައިދިނުމަށްވެސް އެ ބޭފުޅުންނަށް." ލަމްޔާ ވިދާޅުވިއެވެ.
މިއަދުގެ ފޯރަމް ނިންމުމަށްް ބޭއްވި ރަސްމިއްޔާތުގައި އެ ފޯރަމްގައި ބައިވެރިވި ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.