25 Jun 2018, 16:44
މިދިޔަ މަހު ވަގުތީ ގޮތުން ހިފެހެއްޓި ޝެއިހް އަލީ ޒައިދުގެ ދީނީ ނަސޭހަތް ދިނުމުގެ ލައިސެންސް އަނބުރާދީފި އެވެ.
ޝެއިހް ޒައިދުގެ ހުއްދަ އަނބުރާދީފައި ވަނީ އޭނާ އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމަކަށް ފަހު އެވެ.
އެ އެއްބަސްވުމުގައި ބުނަނީ ރާއްޖޭގައި ދީނީ ތަގުރީރު ދިނުމާއި ވައުލު ބުނުމާއި ދީނީ ހުކުމްތައް ބަޔާން ކުރަން ވާނީ އިސްލާމިކް މިނިސްޓްރީ އިން ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް އިހުތިރާމް ކުރުމާ އެކު ކަމަށެވެ.
ޝެއިހް އަލީ ޒައިދުގެ ލައިސެންސް ހިފެހެއްޓީ ބަލަމުންދާ މައްސަލަތަކަކާ ގުޅިގެންނެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އިސްލާމިކް މިނިސްޓްރީއަކުން ނުބުނެ އެވެ.
ރާއްޖޭގެ ރަށެއްގެ 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް މިދިޔަ އަހަރު ޒައިދު ވިދާޅުވި މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މިނިސްޓްރީ އަށް ވަނީ އޭނާ ހާޒިރުކޮށްފަ އެވެ.