25 Jun 2018, 14:48
ނެޓްވޯކް އޮފް އެކްއަކަލްޗަރ ނެޓްވޯކް އިން އޭސިއާ ޕެސިފިކް (ނާކާ)ގެ ގަވަނިންގް ކައުންސިލް މާދަމާ ރާއްޖޭގައި ބާއްވާ ގޮތަށް ނިންމާފިއެވެ.
މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، މޫކައި ހޮޓެލްގައި މާދަމާ ބާއްވާ ނާކާގެ ކައުންސިލްގައި 19 ގައުމަކުން ބައިވެރިވާ ކަމަށެވެ.
އެ ކައުންސިލްގެ ބައްދަލުވުމަށް ފަހު ރާއްޖެއަށް ނާކާގެ ޗެއާމަންކަން ލިބިގެންދާނެއެވެ.
މިނިސްޓަރު ޝައިނީ ވިދާޅުވީ ނާކާގެ ޗެއާމަންކަން ރާއްޖެއަށް ލިބުމުން ރާއްޖެ ހިމެނޭ ސަރަހައްދުތަކުގައި ހުރި އެކިއެކި އެކްއަކަލްޗަރ ނެޓްވޯކް ތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެކަމަށެވެ.
އެޖަލްސާގައި ފާއިތުވި އަހަރުތަކުގައި އެކުއެކަލްޗަރ ސެކްޓަރ ހަރުދަނާކޮށް ކުރިއެރުވުމަށް ކުރެވުނު ކަންތަށްތަކާއި މުސްތަގުބަލުގައި އެ ސެކްޓަރ ހަރުދަނާ ކުރުމަށް ކުރެވެން ހުރި ކަންކަމުގެ މަށްޗައް މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.
މާދަމާ ބޭއްވޭ ނާކާގެ ގަވަނިންގް ކައުންސިލްގައި ރާއްޖޭގެ ތަމްސީލް ކުރާނީ މެރިން ރިސާޗް ސެންޓަރުގެ ސީނީއާ ބައޮލޮޖިސްޓް ޑރ. ހަސަން ޝަކީލްއެވެ.
އެ ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ. ސަކީލް ވިދާޅުވީ ރާއްޖޭއަކީ އެކްއެކަލްޗަރގެ މަސައްކަތްތައް ކުރުމަށް އެކަށޭނެ މާހައުލެއް އޮތް ގައުމެއް ކަމަށާއި ވަރަށް ކުޑަ ހަރަދަކުންވެސް އެކުއެކަލްޗަރގެ މަސައްކަަތްތަށް ރާއްޖޭގައި ކުރެވޭނެ ކަމަށެވެ.