25 Jun 2018, 13:43
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނާއި ރިޔާސީ އިންތިޚާބުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ފުރަތަމަ ކިއުން އިއްވެވުމަށް ފަހު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލައިފި އެވެ.
މިއަދު މެންދުރު އެކެއް ޖެހިއިރު ފެށި ޖަލްސާގައި ފުރަތަމަ ކިއުން އިއްވާފައި ވަނީ ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ދެ ބިލަކާއި އިންތިޚާބުތަކުގެ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލެވެ.
ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކާއި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.
ސަރުކާރުގެ ފަރާތުން އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ހޮޅުދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދެވެ. އެނގިފައިވާ ގޮތުގައި އެ އިސްލާހުތައް ހުށަހެޅީ އިލެކްޝަންސް ކޮމިޝަންގެ އެދުމުގެ މަތިންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބީ ނިޒާމަށް ބަދަލު އަންނަ ވަރުގެ އިސްލާހެއް ގާނޫނަށް ގެންނަން ނިންމާފައިނުވާ ކަމަށެވެ.