Back
Nov 24, 2025 SUN
SUN

ރަޝިއާއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް މުންދު އައްޔަން ކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

ރަޝިއާއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް މުންދު އައްޔަން ކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި
Lead photo

ރާއްޖެއިން ރަޝިއާ އަށް ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުގެ މަގާމަށް، ސްރީލަންކާ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، މުހައްމަދު ހުސައިން ޝަރީފު (މުންދު) އައްޔަނު ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މުންދުގެ ނަންފުޅު ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ފޮނުވާފައި ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.

މިއަދުގެ ޖަލްސާއަށް ހާޒިރުވެފައިވަނީ 25 މެމްބަރުންނެވެ.

ރަޝިއާ އަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް މުންދު އައްޔަނު ކުރިނަމަވެސް ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ސަފީރުގެ މަގާމުގައިވެސް މުންދު ދެމި ހުންނާނެއެވެ. ނޮން ރެޒިޑެންޓް ސަފީރަކަށް އައްޔަނު ކުރުމުން ރަޝިއާ އަށް ވަޑައިގަންނަވާނީ ބައްދަލުވުމެއް އޮވެއްޖެ ނަމަ ނޫނީ މަސައްކަތެއް އޮވެއްޖެ ނަމަ ކަމަށް މުންދު ވިދާޅުވިއެވެ. މުންދު ވިދާޅުވީ އޭނާ ރެޒިޑެންޓުކޮށް ހުންނަވާނީ ސްރީލަންކާގައި ކަމަށެވެ.

މުންދު މި ސަރުކާރުގައި އެންމެ ފުރަތަމަ އަދާކުރައްވާފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމެވެ. އޭގެ ފަހުން ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމުވެސް އަދާކުރެއްވިއެވެ. މުންދު މިހާރު ހުންނެވީ ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ.

އެ މަގާމަަށް މުންދު އައްޔަނު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics