25 Jun 2018, 15:47
ޗައިނާ އާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިޔަވަޅުތައް އަޅާނީ ޓެކްނޮލަޖީ އާއި އިގްތިސާދާ ގުޅުންހުރި ދާއިރާތަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެގޮތުން ޗައިނާގެ "މޭޑް އިން ޗައިނާ އިނިޝީއޭޓިވް" އާ ގުޅުންހުރި ދާއިރާ ތަކުންނާއި، ޗައިނާގެ 25 ޕަސެންޓް ނޫނީ އެއަށްވުރެ ގިނަ އަދަދެއްގެ ހިއްސާ އޮންނަ ޓެކްނޮލަޖީ ކުންފުނިތަކުން އެމެރިކާގައި އިންވެސްޓު ކުރުން ހުއްޓުވުން ފަދަ ފިޔަވަޅުތައް އަޅަން ނިންމާފައިވާކަމަށް ހަބަރުތައް ބުނެއެވެ.
މި ނިންމުންތައް މި ހަފްތާގެ ހުކުރު ދުވަހު އާންމު ކުރާނެ ކަމަށް ބެލެވެއެވެ. ޗައިނާ އާ ދެކޮޅަށް އެމެރިކާ އިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު އޭޝިއާގެ ސްޓޮކް މާކެޓަށް ދަނީ ކުރަމުންނެވެ. އެގޮތުން ޗައިނާގެ އުފެއްދުންތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފަށް ގެނައި ބަދަލާއެކުވެސް ސްޓޮކް މާކެޓޔގެ އަގުތަށް ވަނީ ދަށް ވެފައެވެ.