އައިޝްވާރްޔާ ރާއީ، އަނިލް ކަޕޫރު އަދި ރާޖްކުމާރު ރާއޯ ލީޑު ރޯލުތަކުން ފެނިގެންދާ ފިލްމު "ފަންނޭ ޚާން"ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފިއެވެ.

އަންނަ އޯގަސްޓް މަހުގެ ތިން ވަނަ ދުވަހު ފިލްމު ރިލީޒްކުރާއިރު މި ފިލްމަކީ އަތުލްގެ ފުރަތަމަ ޑައިރެކްޝަން ވެސްމެއެވެ.

ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓް ތަރަން އާދަޝް ކުރި ޓްވީޓްގައި ބުނީ ފިލްމުގެ ޓީޒާ މި މަހު 26 ގައި ބެލުންތެރިންނަށް ދައްކާލާނެ ކަމަށެވެ.

ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ކާމިޔާބު ލަވަކިޔުންތެރިއަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ޒުވާނެއްގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް އޭނާގެ ބައްޕަ ކުރާ މަސައްކަތުގެ މައްޗަށެވެ.

ފިލްމުގައި އައިޝްވާރްޔާ ފެނިގެން ދާނީ މިޔުޒިކް ސެންސޭޝަނެއްގެ ގޮތުގައެވެ.

"ފަންނޭ ޚާން" ވެގެން ދާނީ 1999 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ތާލް" އަށްފަހު، އައިޝްވާރްޔާ އަދި އަނިލް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

ބުޝަން ކުމާރުގެ ޓީ-ސީރީޒް އަދި އޯމް ޕްރަކާޝް މެހެރާ ޕިކްޗާޒް އިން ގެނެސްދޭ "ފަންނޭ ޚާން" ވެގެންދާނީ މަގްބޫލު ފިލްމަކަށް ކަމަށް ގިނަ ބަޔަކު ދެކެއެވެ.