10 Sep 2011, 19:56
ތިލަފުށީ އެތެރެފަޅުގައި ސަރަހައްދަށް ޖަމާވެފައިވާ ކުނިތައް "ވަރަށް ބޮޑަށް" ސާފުކޮށްފައިވާ ކަމަށާއި އެ ސަރަހައްދުގައި އުޅަނދުފަހަރަށް އެއްވެސް ދަތިކަމަކާ ނުލައި މިހާރު ދަތުރު ކުރެވޭނެ ކަމަށް ތިލަފުށީ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
އެ ކޯޕަރޭޝަނުން މިއަދު ބުނީ ވޭތުވެދިޔަ ހަތަރު ދުވަހުގެ ފެށިގެން ތިލަފުށީ ފަޅަށް ޖަމާވެފައިވާ ކުނިތަކާއި އޮޔާ ކަނޑުގެ ސަރަހައްދަށް ބޭރުވެފައިވާ ކުނިތައް ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ތިލަފުއްޓަށް އުކާލާ ކުނިތައް މޫދަށް އެޅި މުޅި ފަޅާއި ކަނޑު ތެރެއަށް ފެތުރެމުންދާ މައްސަލަ ހަފުތާއެއްގެ ތެރޭ މުޅިން ހައްލުކޮށް އެ ސަރަހައްދު ސާފުކޮށް ނިމޭނެ ކަމަށް ވެސް ބުންޏެވެ.
".ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑްއިން އިސް ނަގައިގެން ވޭތުވެދިޔަ ހަތަރު ދުވަސްތެރޭގައި )ތިލަފުށީ( އެތެރެފަޅު ސާފުކުރުމުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށްދޭ" ކޯޕަރޭނުން ނެރުނު ލިޔުމެއްގައި ބުނެ އެވެ.
ތިލަފުށީ އެތެރެފަޅުގައި ކުނި ގިނަވާން ޖެހުނު ސަބަބެއް ކަމަށް އެ ކޯޕަރޭޝަނުން ބުނީ ކުނިއަޅައިގެން ހިއްކާފައިވާ އެ ރަށަށް ކުނި އުކާލަންދާ އުޅަނދުތަކުން މޫދަށް ކުނިއެޅޭގޮތަށް ކުނި ޑިސްޗާޖް ކުރަމުންދިއުން ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ބެލުމުގެ ދަށުން ކުނިޖަމާކުރާ ސަރަހައްދު ހަރުދަނާ ގޮތެއްގައި މޮނިޓާ ކުރުމަށް އެ ފަރާތަށް އަންގާފައިވާ ކަމަށް ބުންޏެވެ.
"ތިލަފުށްޓަށް ކުނި އުކާލަންދާ އުޅަނދުތަކުން ތިމާވެއްޓަށް ނޭދެވޭ އަސަރު ނުކުރާނެގޮތަކަށް މޫދަނށް ކުނި އެޅޭގޮތަށް ކުނި ޑިސްޗާޖް ނުކުރުމަށް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްއިން އިލްތިމާސްކުރަމެވެ،" މިއަދު ނެރުނު ލިޔުމުގައި ބުނެފައިވެ އެވެ.
ހަބަރާ ގުޅޭ ވީޑިއޯ
http://www.youtube.com/watch?v=wNXL_5_vJxU