Back
Nov 24, 2025 SUN
SUN

ސަޓާގެ ރާއްޖޭގެ އިވެލުއޭޝަން ނިންމާލައިފި

ސަޓާގެ ރާއްޖޭގެ އިވެލުއޭޝަން ނިންމާލައިފި
Lead photo

ސައުތު އޭޝިއާ ސަރަހައްދުގައިދޭ ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގެ ރާއްޖޭގެ އިވެލުއޭޝަންސް ނިންމާލައިފިއެވެ.

ރާއްޖޭގެ އިވެލުއޭޝަން ކުރިއަށްގެންގޮސްފައިވަނީ މާލޭގެ މޫކާއި ހޮޓެލްގައި މި މަހުގެ 18 އިން 23ގެ ނިޔަލަށެވެ.

ސަޓާ އެވޯޑަށް ރާއްޖޭގެ އިތުރުން ސްރީލަންކާ، އިންޑިއާ، ބޫޓާން އަދި ނޭޕާލުން ވާދަކުރެއެވެ. ކޮންމެ ގައުމަކުންވެސް ކުރިމަތިލާފައިވާ ފަރާތްތަކަށް ޖަޖުކުރާނީ އެ ގައުމެއްގައެވެ.

ހައިރައިޒުން ބުނީ، ރާއްޖޭގެ އިވެލުއޭޝަން ނިންމާލުމަށްފަހުގައި ދެން ކުރިއަށްދާނީ ސްރީލަންކާގެ އިވެލުއޭޝަން ކަމަށެވެ.

ސަޓާ 2018ގެ ޖަޖިން ޕެނަލްގައި ހިމެނެނީ ސްރީ ލަންކާގެ ޓޫރިޒަމް ދާއިރާގައި 30 އަށް ވުރެ ގިނަ ދުވަހު ހަރަކާތްތެރިވެފައިވާ އަމާލް ގުނަޓިލަކަ، އިންޑިއާގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ރިންކޫ މަދަން އަދި ރާއްޖެއިން ހިންނާ ޚާލިދެވެ. ހިންނާއަކީ ސަރުކާރަށް 25 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ މަސައްކަތުގެ ދާއިރާގައި ތަޖުރިބާކާރެކެވެ.

ނޮމިނޭޝަންތައް އިވެލުއޭޓު ކުރާއިރު، ކޮންމެ ފަރާތަކުންވެސް 10 މިނެޓުގެ ޕްރެޒެންޓޭޝަނެއް ދޭން ޖެހޭނެއެވެ. ޕްރެޒެންޓޭޝަން ދޭން ޖެހޭނީ ދާއިރާގެ ތަޖުރިބާކާރު ޖަޖުންގެ ޕެނަލްއެއްގެ ކުރިމަތީގައެވެ.

މިއަހަރު ސަޓާގެ ގާލާ އޮންނާނީ ސެޕްޓެމްބަރު މަހުގެ 14-15 އަށް އިންޑިއާގެ މުމްބާއީގައެވެ.

ފާއިތުވި ދެ އަހަރުވެސް ސަޓާގެ އެންމެ ގިނަ އެވޯޑު ލިބިފައިވަނީ ރާއްޖެއަށެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް 24 އެވޯޑު ލިބުނު އިރު އޭގެ ކުރީ އަހަރު ރާއްޖެއަށް ވަނީ 18 އެވޯޑެއް ލިބިފައެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics