Back
Nov 24, 2025 SUN
SUN

އދ. އަތޮޅު ބޭރުން ހާލުގައި ޖެހިފައި ތިއްބާ ފެނުނީ ސޯމާލިއާ ބައެއް!

އދ. އަތޮޅު ބޭރުން ހާލުގައި ޖެހިފައި ތިއްބާ ފެނުނީ ސޯމާލިއާ ބައެއް!
Lead photo

އދ. އަތޮޅު ބޭރުން ފެނުނު ޑިންގީގައި ތިބި ތިން ބިދޭސީންނަކީ ސޮމާލިއާ ތިން މީހުން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެއީ ސޯމާލިއާ މީހުންކަން އެނގިފައިވާ ކަމަށާއި އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.

އދ. އަތޮޅުގެެ 60 ނޯޓިކަލް މޭލުން ބޭރުން ތިން މީހަކު ތިބި ޑިންގީއެއް ފެނިގެން އއ. ރަސްދޫ "ރަންދުވެލި" ނަމަކަށް ކިޔާ ދޯންޏަކުން އެމްއެންޑީއެފަށް ރިޕޯޓްކުރުމާއެކު، އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ފާސްޓަރ އިންޓަސެޕްޓަރ ކްރާފްޓް، ވެލާނާ އެ ސަރަހަައްދަށް ގޮސް އޭގައި ތިބި މީހުން ނެގި ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ ކަނޑުމަތީގައި ގިނަ ދުވަސްތަކެއްވެ، ކާބޯތަކެއްޗާއި ފެނަށް ޖެހުމުގެ ސަބަބުން އެކަކުގެ ހާލު ދެރަ ކަމަށާއި އެހެންނަމަވެސް ދެން ތިބި ދެ މީހުންގެ ހާލު ރަނގަޅު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ރިޕޯޓް ކޮށްފައިވަނީ އެދުވަހުގެ މެންދުރުފަހު 02:04 ހާއިރު ކަމަށެވެ.

ޑިންގީގައި ތިބި މީހުން ކޯސްޓްގާޑަށް ނެގީ ހުކުރު ދުވަހުގެ ރޭ ހަތެއް ޖެހިއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފްއިންވަނީ އެމީހުން ފުލުހުންނާ ހަވާލުކޮށްފައެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics