24 Jun 2018, 09:21
އެޗްބީއޯގެ މަގްބޫލް ސީރީސް "ގޭމް އޮފް ތްރޯންސް"ގައި ހަރަކާތްތެރިވި ދެ ތަރިން ކަމަށްވާ ކިޓް ހެރިންގްޓަން 31، އާއި ރޯޒް ލެސްލީ 31، ކައިވެނިކޮށްފި އެވެ.
ޖޮން ސްނޯގެ ރޯލް ކުޅޭ ކިޓް އާއި އިގްރިޓްގެ ރޯލް ކުޅޭ ރޯޒް ކައިވެނިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
ބޭރުގެ ޚަބަރުތައް ބުނާ ގޮތުގައި އެ ދެތަރިން އެންމެ ފުރަތަމަ ދިމާވީ ވެސް ގޭމް އޮފް ތްރޯންސްގެ ސެޓުން ކަމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ ތަރިން އެންގޭޖްކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ.
ގިނަ އަދަދެއްގެ ތަރިންނާއި އާއިލާގެ މެންބަރުންގެ އިތުރުން ގާތް ރަހުމަތްތެރިން ވެސް ވަނީ އެ ދެތަރިންގެ ކައިވެނި ހަފްލާގައި ބައިވެރިވެފަ އެވެ.
Wishing Kit Harington and Rose Leslie a Happy Married lifepic.twitter.com/Qi1CZaWKTa
— Daenerys Targaryen ???????? (@DanyUnburnt)June 23, 2018
"ގޭމް އޮފް ތުރޯންސް"ގެ 7 ސީޒަނެއް މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލާފަ އެވެ. އެ ސީރީޒްގެ އެންމެ ފަހު ސީޒަން އަންނަ އަހަރު ގެނެސްދޭނެ ކަމަށް އެޗްބީއޯ އިން ބުންޏެވެ.