30 May 2010, 15:16
19:00
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ މަގާމަށާއި، އިމިގްރޭޝަން އެންޑް އެމިގްރާޝަންގެ ޑެޕިއުޓީ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމަށާއި ދެ ރަށެއްގެ ކައުންސިލަރު ކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅުން ޢައްޔަން ކުރައްވައިފި އެވެ.
އެގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ މަގާމަށް ޢައްޔަން ކުރެއްވީ، މައްޗަންގޮޅި އެއިމޭ އަޙްމަދު ނަޞީރު ކަމަށާއި އަޙްމަދު ނަޞީރު، މީގެކުރިން ހުންނެވީ ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒްގެ ރައީސް ކަމުގެ މަގާމުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަގާމަށް ޢައްޔަން ކުރެއްވީ، ހއ. ދިއްދޫ ޖަރީމާގޭ އާދަމް ނަޞީރެވެ. އޭނާ މިހާތަނަށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް، މަތިއުތުރު ޕްރޮވިންސްގެ ނާއިބުގެ މަގާމުގަ އެވެ.
މީގެ އިތުރުން، މަތިއުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރގެ މަގާމަށް ހއ. ހޯރަފުށި ހުސްނުހީނާގޭ ޢަލީ ނަޞީރު އާދަމް، އަދި ދެކުނު ޕްރޮވިންސް އޮފީހުގެ ކައުންސިލަރގެ މަގާމަށް އައްޑުއަތޮޅު ހިތަދޫ މަލަރެސް ޢަބްދުﷲ ޖަމީލު ޢައްޔަން ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.