24 Jun 2018, 09:23
އިންޑިއާގެ މަޝްހޫރު ޓީވީ ތަރި އަބިނާވް ޝުކްލާ 35، ކައިވެނިކޮށްފިއެވެ.
އަބީނާވް ކައިވެނިކޮށްފައިވަނީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ ޓީވީ ތަރި ރުބީނާ ދިލައިކް 28، އާ އެވެ.
ޚަބަރުތައް ބުނާގޮތުގައި އެ ދެތަރިންް ކައިވެނިކޮށްފައިވަނީ ބުރާސްފަތި ދުވަހު ޝިމްލާގައެވެ. ރުބީނާގެ އުފަން ސިޓީ ޝިމްލާގައި ކައިވެނި ހަފްލާ ބޭއްވިއިރު ކައިވެނި ހަފްލާގައި ބައިވެރިވީ އާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިންނެވެ.
What's so natural abt these photoshoot pics of#RubiNavis their emotional face ...they r not posing but living the moment#RubinavKiShaadipic.twitter.com/7P3PA7SVm1
— #RubinavKiShaadi ❤️❤️ (@RubiHolics)June 21, 2018
އެ ދެތަރިން ވަނީ ގިނަ އަދަދެއްގެ ހިންދީ ޑްރާމާ ތަކުގައި ހަރަކާތްތެރިވެފައެވެ. އަބީނާވް އަކީ ބޮލީވުޑްގެ ވެސް ތަރިއެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "އަކްސަރު 2" އިންނެވެ.
ރުބީނާ އަކީ "ކަލާޒް" ޗެނަލުން ދައްކާ ހިންދީ ޑްރާމާ ސިލްސިލާ "ޝަކްތީ-އަސްތިތުވާ ކޭ އެހްސާސް" ލީޑު ބަތަލާ އެކެވެ.