23 Jun 2018, 15:39
އުުތުރު ކޮރެއާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރު އަހަރަކަަށް އިތުރުކޮށްފިއެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އިތުރު އަހަރަކަށް އިތުުރުކުރި މައްސަލައިގައި އެމެރިކާއިން ބުނީ އުތުުރު ކޮރެއާއަކީ އަދިވެސް އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ. ނަމަވެސް މިމަހު ބޭއްވި ވާހަކަތަކަށް ފަހު ޓްރަމްޕް ވިދާޅުވީ އުތުރު ކޮރެއާއަކީ މިހާރު އެމެރިކާއަށް ހުރި ނުރައްކަލެއް ނޫން ކަމަށާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ކަމަށެވެ.
އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަނެއްކާވެސް މި އިތުރުކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕް އަދި އުތުުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ސިންގަޕޫރުގައި ބޭއްވެވި ވާހަކަތަކަށް ދެ ހަފުތާވެެސް ނުވެއުޅެނުކޮށެވެ. އަދި އުތުރުކޮރެއާއިން ސަމިޓުގައި ވަނީ ނިއުކުލިއާ ހަތިޔާރު ނައްތާލުމަށްވެސް އެއްބަސްވެފައެވެ.
ޓްރަމްޕާއި ކިމް ޖޮންގް އުންގެ ސަމިޓްގައި އެއްބަސްވެ ވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި އުތުރުކޮރެޔާގައިވާ ނިއުކްލިޔަރ ހަތިޔާރުތައް ނައްތާލުމާއި އުތުރުކޮރެޔާގެ އަސްކަރީ ނިއުކްލިޔަރ ޕްރޮގްރާމް ރޫޅާލުމާއި ދެކޮރެޔާ ދެމެދު ދާއީމީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމާ އުތުރުކޮރެޔާއަށް އިގްތިސާދީ ގޮތުން އެމެރިކާއިން އެހީތެރިވެދިނުމާއި އުތުރުކޮރެޔާގެ ޚުދުމުޚްތާރު ވެރިކަމުގެ ނިޒާމު ހިމާޔަތް ކުރާނެކަމުގެ ޖާމިނުވުން އެމެރިކާ ދިނުން ހިމެނެއެވެ
އެމެރިކާއިން އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ 2008 ވަނަ އަހަރުއެވެ.
ސިންގަޕޫރުގެ ސަމިޓަށް ފަހު ޓްރަމްޕް ވަނީ އުތުރު ކޮރެއާގެ ދުޝްމަން ދެކުނު ކޮރެއާއާއެކު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި އޮތް އަސްކަރީ ފަތިތަކުރުންތައްވެސް މަޑުޖައްސާލައިފައެވެ. ޓްރަމްޕް ވިދާޅުވީ އެ އަސްކަރީ ހަރަކާތްތަކީ ހަރަދު ބޮޑު ކަމެއް ކަމަށާއި އަދި އެއީ ވަރަށް ނުރައްކާތެރިވެސް ކަމެއް ކަމަށެވެ.
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ވިދާޅުވީ ނިއުކުލިއާ ހަތިޔާރު ނައްތާލުމަށް ސަމިޓްގައި ވެވުނު އެއްބަސްވުން ރަނގަޅަށް ތަންފީޒުކުރެވިއްޖެނަމަ ދެ އަހަރާއި ބައި ތެރޭ އުތުރު ކޮރެއާ ނިއުކުލިއާ ހަތިޔާރު ނެތް ތަނަކަށް ހެދިގެން ދާނެ ކަމަށެވެ.
މަސްދަރު: އާރުޓީ