10 Sep 2011, 14:59
އޭއެފްސީ 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ގުރޫޕް ބީގެ މެޗުތައް ކުޅުމަށް ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމު މިއަދު ހެނދުނު ކުވޭތަށް ފުރައިފި އެވެ.
ޒުވާން ޤައުމީ ޓީމް މިއަދު ކުވޭތަށް ދިއުމަށް ފުރިއިރު، މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗް އޮތީ އަންނަ ހޯމަ ދުވަހު ޕާކިސްތާނާ ދެކޮޅަށެވެ. މިދިޔަ މަހު ނޭޕާލްގައި އޮތް 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕް ސްޓޭޖުގައި ޕާކިސްތާން ވަނީ ރާއްޖެ ކޮޅަށް ހަ ލަނޑު ޖަހައިފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނޭޕާލެވެ.
ކޮލިފައިންގެ ގުރޫޕް ބީގައި ރާއްޖެއާއެކު ދެން ހިމެނެނީ ކުވޭތާއި އަފުޣާނިސްތާނާއި ޕާކިސްތާނާއި ޔަމަން އަދި ޔޫއޭއީ އެވެ.