22 Jun 2018, 11:40
"ރައީސް ޔާމީން ކެންޕެއިން ގޯއްޗަށް"ގެ ނަމުގައި ދޮރުން ދޮރަށް ކެންޕެއިން މިއަދު ވެރިރަށް މާލޭގައި ފަށަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަސީދު ރޭ "ސަން"އަށް ވިދާޅުވީ 2018ގެ ރިޔާސީ އިންތިހާބަށް ރައީސް ޔަމީންގެ ކެންޕެއިންގެ ތެރެއިން "ރައީސް ޔާމީން ކެންޕެއިން ގޯއްޗަށް"ގެ ނަމުގައި ވެރިރަށް މާލޭގައި ދޮރުން ދޮރަށް ކެންޕެއިން މިއަދު ފަށާނެ ކަމަށެވެ.
ޔާމީން ވިދާޅުވީ މިއަދު 4:00ގައި ފަށާ ދޮރުން ދޮރަށް ކެންޕެއިންގައި 2000 އަށް ވުރެ ގިނަ ހިލޭ ސާބަހަށް މަަސައްކަތް ކުރާ ފަރާއްތަކުން ބައިވެރިވާނޭ ކަމަށެވެ. އަދި އޭގެ އިތުރުން ގިނަ އަދަދެއްގެ މަޖިލީސް މެންބަަރުންނާއި މިނިސްޓަރުންވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިލޭ ސާބަހަށް މަަސައްކަތް ކުރާ ފަރާތްތަކާއި ޒުވާނުން، ރައީސް ޔާމީންގެ ކެންޕެއިނަށް ދެއްވާ ތަރުހީބު މެންބަރު ޔާމީން ރަސީދުވަނީ ފާހަގަ ކުރައްވާފައެވެ.
ޔާމީން ވިދާޅުވީ، މިފަށާ ދޮރުން ދޮރަށް ކެންޕެއިން ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދޮރުން ދޮރަށް ކެންޕެއިނަށް ކަމަށެވެ.
މި ކެންްޕެއިންނާއެކު ރައީސް ޔާމީނަށް އޮތް ތާއީދު ފެނިގެން ދާނެ ކަމަށްވެސް މެންބަރު ޔާމީން ވިދާޅުވިއެވެ.