10 Sep 2011, 14:30
ސ. ހިތަދޫގައި ދަންޖެހިގެން މީހަކު މަރުވެއްޖެ އެވެ.
ހިތަދޫން ސަންއަށް މައުލޫމާތު ދިން ގޮތުގައި މަރުވެފައި ވަނީ ސ. ހިތަދޫ ވަރުދީގޭ އަޖުވަދު މުފީދު )އަޖާ( 35، އެކެވެ. އަޖާއަކީ ގައުމީ ވޮލީ ޓީމުގައި ކުރިން ހިމެނެމުން އައި ވޮލީ ކުޅުންތެެރިއެކެވެ.
މިއަދު އޭނާގެ ދަންޖެހިގެން މަރުވެފައި ވަނީ ބެޑުޝީޓެއް ބޭނުންކޮށްގެން ގޭގެ ފުރާޅުގަ އެވެ. އަޖާ ދަންޖެހިފައި ވަނީ 12:30 އެހާކަންހާއިރު ކަމަށް ވެއެވެ. އަޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ވެއެވެ.
"މިވަގުތު އޭނާގެ ހަށިގަނޑު އޮތީ ހޮސްޕިޓަލުގައި ބާއްވާފައި، އޭނާ ދަންޖެހިގައި ހުއްޓާ ފެނިގެން ބެޑުޝީޓު ކަނޑާލައިގެން ނެގީ ގޭގެ މީހުން. ބައެއް މީހުން ބުނަނީ އޭނާ ދަންޖެހުނީ އެގޭގައި ހުންނަ އަނބުގަހަކަށް އެރުމަށް ފަހު ފުރާޅު މައްޗަށް އަރައި ފުރާޅުގެ ވަކަރެއްގައި ބެޑުޝީޓު އައްސައިގެން ކަމަށް،" ސަންއަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ފުލުހުން ބުނީ މަރުގެ އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.