Back
Nov 24, 2025 SUN
SUN

ނިއު ރޭޑިއަންޓާއި ދަގަނޑޭއާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލައިފި

ނިއު ރޭޑިއަންޓާއި ދަގަނޑޭއާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލައިފި
Lead photo

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލާފައިވާ ކަމަށް އެ ކްލަބުގެ ރަސްމީ ފޭސްބުން ޕޭޖެގައި ބުނެފިއެވެ.

ނިއުގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ ދަގަނޑޭއާ ދެމެދުވެފައިވާ އެއްބަސްވުން ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން އުވާލެވިފައިވާ ކަމަށާއި އޭނާ ކްލަބަށް ކޮށްދިން އަގުހުރި ހިދުމަތަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ދަގަނޑޭގެ މުސްތަގުބަލުގައި ރަނގަޅު ކާމިޔާބީއަކަށް އެދޭކަމަށްވެސް ނިއުގެ ޕޭޖުގައި ބުނެފައިވެއެވެ.

ނިއުއިން ދަގަނޑޭގެ ކޮންޓްރެކްޓް އުވާލާފައި ވަނީ ނިއުގެ ކޮންޓްރެކްޓް ބާތިލުކޮށްދިނުމަށް އެދި ދަގަނޑޭ އެފްއޭއެމްއަށްވެސް ހުށަހަޅައިފައި ވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި ނިއުއާ ދަގަނޑޭއާ ދެމެދުވެފައިވާ އެއްބަސްވުން ބާތިލުކުރަން އޭނާ އެދިފައިވަނީ މުސާރައިގެ މައްސަލައެއްގައެވެ.

އެކަމާ ގުޅިގެން "ސަން ސްޕޯޓްސް"އަށް ވާހަކަ ދައްކަމުން ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ވިދާޅުވީ ދަގަނޑޭ ކޮންޓްރެކްޓް ބާތިލުކުރަން ހުށައެޅިކަން ކްލަބަށް އެނގިފައިނުވާ ކަމަށާއި ދަގަނޑޭގެ މުސާރައިގައި އުޅެނީ ކުޑަ ޑިލޭއެއް ކަމަށެވެ.

"އަޝްފާގުގެ ކޮންޓްރެކްޓުގައި މަހުން މަހަށް މުސާރަ ދޭ ގޮތަކަށް ނޫން އިންނާނީ. ދެ ޕޭމަންޓަކަށް ދޭން އިންނާނީ. މިދިޔަ އަހަރުވެސް ކުޑަކޮށް ޑިލޭއެއްވި. އެކަމަކު ސީޒަން ނިމުނުއިރު ހުރިހާ ފައިސާއެއް ދީ ހަލާސްކޮށްފައި އޮންނާނީ. މިއަހަރުވެސް ޑިލޭއެއް އެބައުޅޭ. ދަގަނޑޭގެ އެކަންޏެއް ނޫން... އިމްރާންއާއި ސެންޓޭގެ މުސާރާގައިވެސް ޑިލޭއެއް އެބައުޅޭ މުސާރާގައި،" ޓެޑް ވިދާޅުވިއެވެ.

ޓެޑް އިތުރަށް ވިދާޅުވީ ދަގަނޑޭއަކީ އަބަދުވެސް ކްލަބު ލޯބީގައި ކުޅޭ ކުޅުންތެރިއެއް ކަމަށާއި، އެކަމަށް ޝުކުރުވެރިވާ ކަމަށެވެ.

ދަގަނޑޭއަކީ ރާއްޖެ ދުތް އެންމެ މޮޅު ކުޅުންތެރިއާއެވެ. މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ނިއުއަށް ކުޅެ، ދަގަނޑޭ ވަނީ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. މެލޭޝިއާގެ ޕްރިމިއާ ލީގުގެ ޕީޑީއާރްއެމްއަށްވެސް ކުޅުމަށްފަހު ދަގަނޑޭ އެނބުރި ނިއުއާ ގުޅުނީ މިދިޔަ އަހަރު ޕްރިމިއާ ލީގަށެވެ. އޭނާ މިދިޔަ ސީޒަންގެ ކުރީކޮޅުގައި ކަކުލުގެ އޮޕަރޭޝަނެއް ކުރުމަށްފަހު އެނބުރި އައިފަހުން އަންނަނީ ކުރީގެ ފޯމުގައި ކުޅެމުންނެވެ. ހާއްސަކޮށް މި ސީޒަންގެ މިހާތަނަށް ނިއުއާއެކު އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

ނިއުއަށް މާލޭ ލީގު ކާމިޔާބުކޮށް، އެޓީމަށް ކުޅެމުން ދިޔަ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ޖޯޖު ގޯޓޯއާއި ކަންޑޭލާ ޓީމުގައި މަޑުކުރަން ނިންމާފައިވާ އިރު، ޓީމުގެ ޑިފެންސުން މުހިއްމު ކުޅުމެއް ދެއްކި ހާރޫން އަމީރީ ވަނީ ޓީމަށް ނޭނގި އަނބުރާ ގޮސްފައެވެ. އޭނާ ދަމުން ބުނެފައި ވަނީ ނިއުއިން މުސާރަ ނުދީވާ ކަމަށާއި، އެ މައްސަލަ ފީފާއަށް ހުށަހަޅާނެ ކަމަށެވެ.

އަމީރީގެ ވާހަކައާ ގުޅިގެން ނިއުއިން ބުނެފައި ވަނީ އަމީރީ ހަދަނީ ދޮގު ކަމަށާއި، ކްލަބަށް ފިލައިގެން ދިޔުމުން އަމީރީއާ މެދު ފިޔަވަޅު އަޅާ، އެ މައްސަލައިގައި ފީފާއަށް ދާނެ ކަމަށެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics