Back
Nov 24, 2025 SUN
SUN

ޔޫއެންޑީޕީ އާއި ދިރާގު ގުޅިގެން ބާއްވާ "ފިލްމް ފޮ ޗޭންޖު" ފައްޓައިފި

ޔޫއެންޑީޕީ އާއި ދިރާގު ގުޅިގެން ބާއްވާ "ފިލްމް ފޮ ޗޭންޖު" ފައްޓައިފި
Lead photo

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ދިރާގުން ގުޅިގެން އިންތިޒާމު ކުރާ "ފިލްމް ފޮ ޗޭންޖު" ތަމްރީން ޕްރޮގްރާމް މިއަދު ފައްޓައިފި އެވެ.

ހަތް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި ކަމަށް ޔޫއެންޑީޕީ އިން ބުންޏެވެ.

ދިރާގުން ބުނީ މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި އަދި އެކަމުގެ ސަބަބުން މި އަހަރު ވެސް ޔޫއެންޑީޕީއާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވީ ކަމަށެވެ.

ހަފްތާއެއްގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ބައިވެރިން ތަމްރީން ކުރާނީ އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ކަމަށް ޔޫއެންޑީޕީ އިން ބުންޏެވެ. މީގެ އިތުރުން ސްޓްރީކް، ރަވީ، އޯކޭޒް އިންކް، ސްކޮޔާ ސްޓޫޑިއޯ އަދި ސިކުޑިކޯޕް އަކީ، ކުރު ފިލްމް އުފެއްދުމުގެ ޕްރޮގްރާމްގެ މެންޓާސްގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތްތަކެވެ.

ޔޫއެންޑީޕީ އިން ބުނީ ތަމްރީން ޕްރޮގްރާމްގެ ބައިވެރިން އެކި ގްރޫޕްތަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ޒުވާނުން އުފައްދާ ފިލްމްތައް ރަސްމީކޮށް ލޯންޗް ކުރުން ފިލްމު ފެސްޓިވަލްގައި ކުރިއަށްދާނެ ކަމަށެވެ.

ހަމައެއާ އެކު ސޯޝަލް މީޑިއާ ބޭނުންކޮށް އާންމުންނާ ހަމައަށް އެކުދިން ތައްޔާރުކުރި ކުރު ފިލްމު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics