Back
Nov 24, 2025 SUN
SUN

ބ. އަތޮޅުގެ ހަތް ރަށެއްގައި ފުޓްސަލް ދަނޑު އެޅުމަށް ސާމާނު ފޮނުވައިފި!

ބ. އަތޮޅުގެ ހަތް ރަށެއްގައި ފުޓްސަލް ދަނޑު އެޅުމަށް ސާމާނު ފޮނުވައިފި!
Lead photo

ބ. އަތޮޅުގެ ހަތް ރަށެއްގައި އަޅާ ފުޓްސަލް ދަނޑުތަކުގެ މަސައްކަތް ފެށުމަށް ބޭނުންވާ ހުރިހާ ސާމާނެއް އެ އަތޮޅު ދަރަވަންދުއަށް ގެންގޮސްފިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މި ހިނގާދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރަށް ގެނެސްދިން ކާމިޔާބީ ފާހަގަކުރުމަށް މިމަހުގެ ކުރީ ކޮޅުގައި ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓާ އިރުތިޝާމް އާދަމް ވިދާޅުވީ މި ސަރުކާރު އައިއިރު މުޅި ރާއްޖޭގައި ގާއިމުކުރެވިފައިވަނީ ފަސް ފުޓްސަލް ދަނޑު ކަމަށާއި، މި ސަރުކާރު އައި ފަހުން މިހާތަނަށް 80 ފުޓްސަލް ދަނޑު ވަނީ ނިމިފަ ކަމަށެވެ. އަދި 101 ފުޓްސަލް ދަނޑުގެ މަސައްކަތް ހިނގަމުން ދާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ބ. އަތޮޅު ރަށްތަކުގެ ފުޓްސަލް ދަނޑުތައް އެޅުމަށް ބޭނުންވާ ސާމާނު ދަރަވަންދުއަށް ގެންދެވިފައި --- ފޮޓޯ/ އޭޕީ

ޔޫތު މިނިސްޓްރީން އެމްއާރުޑީސީއާ ކުރިން ހަވާލުކުރި 67 ފުޓްސަލް ދަނޑުގެ މަޑު ޖެހި ހުއްޓުމަކަށް އައިސްފައި އޮތުމުން ދާދި ފަހުން ވަނީ އެ ދަނޑުތަކުގެ މަސައްކަތް ހައުސިން މިނިސްޓްރީ އަދި އެފްއޭއެމްއާ ހަވާލުކޮށް ބާރު ސްޕީޑުގައި ކުރިއަށް ގެންދަން މަސައްކަތް ފަށައިފައެވެ.

އެގޮތުން ބ. އަތޮޅުގެ މިހާރު ފެށުމަށް ތައްޔާރުވާ ދަނޑުތަކަކީވެސް އެފްއޭއެމްއާ ހަވާލުކުރެވިގެން ކުރިއަށް ގެންދާ ދަނޑުތަކެކެވެ. ބ. އަތޮޅުގައި މިހާރު މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ދަނޑުތަކަކީ އެއަތޮޅު ދަރަވަންދޫ، ކެންދޫ، ކުޑަރިކިލު، މާޅޮސް، ގޮއިދޫގެ އިތުރުން ހިތާދުއާއި ކަމަދޫގައި އެޅުމަށް ހަމަޖެހިފައިވާ ދަނޑުތަކެވެ.

ޔޫތު މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި މިހާރު ކުރިއަށް ދަނީ ދަރަވަންދޫގައި ހުރި ސާމާނުތައް އެކި ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތެވެ. އަދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ދަނޑުތައް ނިންމާނެ ކަަމަށްވެސް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.

އެމްއާރްޑީސީއާ ކުރިން ހަވާލުކުރެވުނު ދަނޑުތަކުގެ މަސައްކަތް ލަސްވަމުންދާތީ އެކަމުގެ ޝަކުވާ ގިނަ ރަށްރަށުން ކޮށްފައިވެއެވެ. ޔޫތު މިނިސްޓްރީން އެ ދަނޑުތަކުގައި މަސައްކަތް އަވަސްކުރުމަށް އެފްއޭއެމްއާއި ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމުން އަވަސް މުސްތަގުބަލެއްގައި ދަނޑުތައް ނިންމާލެވޭނެކަމުގެ އުންމީދު ވަނީ އާވެފައެވެ.

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އަހުމަދު ރީހާން ވަނީ ދާދިފަހުން ބ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެން ކުޅިވަރު ސާމާނުވެސް ހަވާލުކޮށްފައެވެ. އަދި ބ. ދަރަވަންދޫ އާއި ފުޅަދޫގައި ޔޫތު ސެންޓަރު ހުޅުވުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics