10 Sep 2011, 11:35
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް )އެފްއޭއެމް( ގެ މުވައްޒަފުންނާއި ކުލަބްތަކުގެ ކޯޗުންނާއި ރާއްޖޭގެ ކުޅިވަރުގެ ނޫސްވެރިންގެ މެދުގައި ކުޅުމަށް ހަމަޖެހުނު ރަހުމަތް ތެރިކަމުގެ ފުޓްބޯޅަ ފަސްކޮށްފި އެވެ.
މެޗު ކުޅެން ކުރިން ހަމަޖެހިފައި އޮތީ ރޭގަ އެވެ. ދެން މެޗް ކުޅޭނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވާކަމަށް މެޗް އިންތިޒާމް ކުރުމުގައި އިސްކޮށް އުޅޭ ފަރާތުން ވަނީ ބުނެފަ އެވެ.
ޓާފް ދެ ނަންބަރު ދަނޑުގައި ކުޅުމަށް ހަމަޖެހިފައޮތް މެޗް ފަސްކުރަން ޖެހުނީ، ކ. ހުރަ އަށް ކޭމްޕު ދިޔަ ހިރިޔާ ސްކޫލުގެ ހަތަރު ދަރިވަރަކާއި ޕްރިންސިޕަލް ގެނބިގެން އިއްޔެ މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެންނެވެ.
އެފްއޭއެމް އާއި މީޑިއާ ކުޅުމަށް ހަމަޖެހިފައިވާ ރަހުމަތްތެރި ކަމުގެ ފުޓްބޯޅަ މެޗަކީ، އެފްއޭއެމްގެ އެދުމުގެ މަތިން، ރާއްޖޭގައި ފުޓްބޯޅައަށް އިތުރު ކުރިއެރުމެއް މީޑިއާގެ ފަރާތުން ހޯދައިދިނުމުގެ ބޭނުމުގައި ކުޅުމަށް ހަމަޖެހުނު މެޗެކެވެ.