އެސްޓާސްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

ހިފައި ގެންގުޅޭ ސާމާނާއި ފަރުނީޗަރު އަދި ހޯމް އެޕްލަޔަންސްގެ ވިޔަފާރި ފުޅާ ދާއިރާ އެއްގައި ކުރާ އެސްޓާސްގެ ފިހާރަ ހުޅުވާފައި ވަނީ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލު ކައިރީ ހުންނަ އިތާ ރޯހައުސް، ރީތިގަސް ހިނގުމުގަ އެވެ.

މި ފިހާރަ ހުޅުވީ އިއްޔެ ހަވީރު އެވެ.

އެސްޓާސްގެ ހުޅުމާލޭ ފިހާރައިން ސޯޕާ ސެޓް، ބެޑް ރޫމް ސެޓް، އެއާ ކޮންޑިޝަން، ޓީވީ ސެޓް، ރެފްރިޖަރޭޓަރު، ދޮންނަމެޝިންގެ އިތުރުން އެސްޓާސްގެ މާލޭ ފިހާރައިން ލިބޭ ހުރިހާ އައިޓަމެއް ވެސް ލިބޭނެ ކަމަށް އެސްޓާސް އިން ބުންޏެވެ. ހުޅުމާލޭ އައުޓުލެޓުގައި ނެތް އެއްޗެއް ކަސްޓަމަރަކު ބޭނުން ވެއްޖެ ނަމަ، 24 ގަޑިއިރު ތެރޭ އެ މުދަލެއް މާލެއިން ގެންގޮސްދޭނެ ކަމަށް އެސްޓާސް އިން ބުނެ އެވެ.

ހުޅުމާލޭގައި އެސްޓާސް ފިހާރަ ހުޅުވުން -- ފޮޓޯ/ އެސްޓާސް

އެސްޓާސް ގެ ހުޅުމާލޭ ފިހާރައިން އޭސީ ހަރުކޮށްދިނުމާއި ބަދިގެ ސެޓް އިންސްޓޯލު ކުރުމުގެ ހިދުމަތް ދޭނެ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ހުޅުމާލެ ބަންޑްލް ޓްރީޓުގެ ނަމުގައި ޝެފިންސް ބްރޭންޑުގެ ބަދިގޭ ސާމާނު، ހެޔޮ އަގެއްގައި ލިބޭނެ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ.

އެގޮތުން ސޭންޑްވިޗް މޭކަރަކާއި ޓޯސްޓަރެއް އަދި ފެން ކައްކާ ޖަގަކާއި އިސްތިރި އެއް ހިމެނޭ ބަންޑަލް 499 ރުފިޔާ އަށް ވިއްކާއިރު އެގޮތުން ސޭންޑްވިޗް މޭކަރަކާއި ޓޯސްޓަރަކާއި ފެން ކައްކާ ޖަގަކާއި އިސްތިރި އެއް އަދި ބްލެންޑަރު ހިމެނޭ ބަންޑަލް ވިއްކާނީ 799 ރުފިޔާ އަށެވެ.

މީގެ އިތުރުން ރައިސް ކުކާ، ސޭންޑްވިޗް މޭކާ، ޓޯސްޓަރުފެން ކައްކާ ޖަގު، އިސްތިރި، ބްލެންޑަރު އަދި ވަޅިސެޓު ހިމެނޭ ބަންޑަލް އެއް 1111 ރުފިޔާ އަށް ވިއްކަ އެވެ.

އެސްޓާސް އިން ވިއްކާ އުފެއްދުންތަކަކީ އަގުހެޔޮ ކޮލެޓީ ސާމާނެވެ.