19 Jun 2018, 01:25
ރަޝިއާގައި މިހާރު ކުރިއަށްދާ ވާލްޑް ކަޕްގައި ކުޅޭ ސައުދީގެ ޓީމް ދަތުރުކުރަމުންދިޔަ މަތިންދާ ބޯޓުގައި އަލިފާން ރޯވެއްޖެ އެވެ.
ބޯޓުގައި އަލިފާން ރޯވުމާ ގުޅިގެން ވަގުތުން އެ ބޯޓު ވަނީ ރަޝިއާގެ ރޮސްތޯވްގައި އޮންނަ ޑޮން އެއާޕޯޓުގައި ޖައްސައިފަ އެވެ.
އެ ހާދިސާގައި ރޯވެފައި ވަނީ ރަޝިއަން އެއާލައިން ބޭނުންކުރަމުންއައި އެއާބަސް އޭ 319-100 ގެ މަތިންދާ ބޯޓެކެވެ.
Saudi Arabia’s team plane landing in Rostov On Don for their#WorldCupmatch
It seems to be on fire ????
(????@ahdaafme)#KSA
pic.twitter.com/wRg8kA4Rp5— World Cup 2018 Related (@WorldCup18Info)June 18, 2018
ސައުދީގެ ފުޓްބޯލް ފެޑެރޭޝަނުން ބުނީ އެ ބޯޓުގެ އިންޖީނުގައި އަލިފާން ރޯވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި އަދި އެ ބޯޓު ޑޮން އެއާޕޯޓުގައި ޖައްސައިފައިވާ ކަމަށާއި އަދި ހުރިހާ ކުޅުންތެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
އެ ހާސިާ ހިނގި އިރު ސައުދީގެ ޓީމް ދަރުކުރަމުން ދިޔައީ ރަޝިއާގެ ވެރިރަށް މޮސްކޯ އިން ރޮސްތޯވް އަށެވެ. ރޮސްތޯވްއަށް ސައުދީގެ ޓީމު ދަތުރުކޮށްފައި ވަނީ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި އެ ޓީމު ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ މެޗަށެވެ. ދެވަނަ މެޗުގައި ސައުދީ ނުކުންނަން ނެޖޭނީ އުރުގުއޭ އާ ދެކޮޅަށެވެ.
ސައުދީން ވޯލްޑްކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ރަޝިއާގެ އަތުން ބަލިވީ 5-0 ގެ ނަތީޖާ އަކުންނެވެ.
މަސްދަރު: މިރާ