18 Jun 2018, 22:09
އުޒުބަކިސްތާންގެ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފައިވާ ޑިފެންޑަރެއް ކްލަބު އީގަލްސްއަށް ގެނެސްފިއެވެ.
މިއަހަރުގެ މާލޭ ލީގުގައި އީގަލްސްއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، އެޓީމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ޑިފެންސްގެ މައްސަލައެވެ. މިޑް ސީޒަންގެ ޓްރާންސްފާ ހުޅުވާލެވިފައިވާ އިރު، އެޓީމަށް ކުޅެމުން އައި މިސްރުގެ ޑިފެންޑަރު ވަނީ ޕްރިމިއާ ލީގުގައި ށ. ފޯކައިދޫއަށް ކުޅުމަށް އެއްބަސްވެ އެޓީމާ ގުޅިފައެވެ.
މާލޭ ލީގުގެ ތިން ވަނައިގައި އޮތް އީގަލްސްއިން ޕްރިމިއާ ލީގަށް ތައްޔާރުވުމަށްޓަކައި ގެނައި ޑިފެންޑަރަކީ އުމުރުން 22 އަހަރުގެ އަބްދުލްރަސުލް ކޮމިލޯވްއެވެ.
ކޮމިލޯވް ވަނީ މީގެ ކުރިން އުޒުބަކިސްތާނުގެ ފުރަތަމަ ޑިވިޝަނަށްވެސް ކުޅެފައެވެ. އެގޮތުން ޒުވާން ޑިފެންޑަރު ވަނީ އުޒުބަކިސްތާން ލީގުގެ އެފްކޭ އަންޑިޖާންއަށްވެސް ކުޅެފައެވެ. އެގައުމުގެ 19 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކުޅެފައި ވަނީ ޑިފެންސުން ފަޅިއަކަވެސް އަދި ސެންޓްރަލް ޑިފެންޑަރަކަށްވެސް ކުޅޭ ކުޅުންތެރިއެކެވެ.
މާލޭ ލީގަށް އީގަލްސްއިން ނުކުތީ އާ ފޯވަޑަކާވެސް އެކުގައެވެ. އެޓީމަށް ގެނައި ބްރެޒިލްގެ ލުއިޒް އެޑުއާޑޯ ވަނީ މިހާތަނަށް ލީގުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން އޭނާ ވަނީ މާލޭ ލީގުގައި ކުޅުނު 13 މެޗުން 16 ގޯލް ޖަހައިފައެވެ. އޭނާއަކީ ލީގުގެ ޓޮޕް ސްކޯރާވެސް މެއެވެ.