ކ.ހުރާގައި މިއަދު ހެނދުނު ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި ހިރިޔާސްކޫލްގެ ޕްރިންސިޕަލް އާއި ހަތަރު ދަރިވަރުންގެ އާއިލާތަކަށް ތައުޒިޔާ ކިޔަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ސަންއެފްއެމުން ހުޅުވާލައިފި އެވެ.

ގިނަ ބައެއްގެ އެދުމުގެ މަތިން މާދަމާ މެންދުރު 1:00 ޖެހުމާ ހަމައަށް ތައުޒިޔާގެ މެސެޖްތައް ސަންއެފްއެމް އިން ހިލޭ ބްރޯޑްކާސްޓް ކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

އެގޮތުން ސަންއެފްއެމްގެ މެއިލް[email protected]އަށް އަދި ފެކްސް ނަމްބަރު 3343789 އަށް ފެކްސް ކުރާ ތައުޒިޔާގެ މެސެޖްތައް ބްރޯޑް ކާސްޓްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިގައުމީ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ސަން މީޑިއާގެ ދަށުން ހިންގާ ސަންއެފްއެމް ރޭޑިއޯ އިން ޚަބަރު ގަޑިތައް ފިޔަވައި، މިހާރުން ފެށިގެން މާދަމާ މެންދުރު 1:00 އާއި ހަމައަށް ބްރޯޑްކާސްޓް ކުރަމުން ގެންދާނީ ހަމައެކަނި ކީރީތި ޤުރުޢާން އެވެ.