ވަން ޕްލަސްގެ އެންމެ ފަހުގެ ފޯނު، ވަން ޕްލަސް6ގެ އެއް މިލިއަން ފޯނު އެއް މަސް ތެރޭ ވިކިއްޖެ ކަމަށް ވަން ޕްލަސް އިން ބުނެފި އެވެ.

އެ ކުންފުނީގެ ސީއީއޯ ޕީޓް ލާއޫ ބުނީ އެ ކުންފުނީގެ ސޭލްސް ބެންޗްމާކް 22 ދުވަސްތެރޭ ހާސިލްވި ކަމަށެވެ. އެންމެ ފަހުން އެކުންފުނިން ނެރުނު ވަންޕްލަސް 5 އަދި 5ޓީ މި ބެންޗް މާކަށް ވާސިލްވީ ތިން މަސް ފަހުންކަން އެނާ ފާހަގަ ކުރެއްވި އެވެ.

އެއް މިލިއަނަކީ ބޮޑު އަދަދެއް ނަމަވެސް އެޕަލް އާއި ސެމްސަބްގް ފަދަ ކުންފުނިތަކުން ވިއްކާ ފޯނުތަކާ އަޅާބަލާއިރު މިއީ ކުޑަ އަދަދެކެވެ.

ވަން ޕްލަސް އަކީ އެހެން ބްރޭންޑުތަކާ ޚިލާފަށް ގިނަ ޑިސްޓްރިބިއުޓަރުން ލައްވާ ފޯނު ވިއްކާ ބައެއް ނޫނެވެ. އެއާއެކު ފޯނު ގަންނަން ބޭނުންވިޔަސް، ފަސޭހައިން ލިބޭނެ އޮޕްޝަނެއް ގިނަ ފަހަރަކު ނޯވެ އެވެ.

ވަން ޕްލަސް6 ގެ އަގު އުޅެނީ 529 ޑޮލަރުގަ އެވެ. މިއީ އެޕަލް އާއި ސެމްސަންގާ އަޅާ ބަލާއިރު ހެޔޮ އަގެކެވެ. ވަން ޕްލަސްގެ ފޯނުތަކުގެ ވަރުގަދަކަން އެނގި ވަން ޕްލަސްގެ ލޯޔަލް ފޭނުން އިތުރުވާކަމަށް އެ ކުންފުނިން ބުނެ އެވެ.