09 Sep 2011, 15:48
ކ.ހުރާގައި ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރަކާ ޕްރިންސިޕަލް ގެނބިގެން މަރުވި ހާދިސާ އާ ގުޅިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސޮއި ކުރުން މިއަދާ މިރޭ ނުބާއްވާ ގޮތަށް ކެންސަލް ކޮށްފި އެވެ.
ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބުދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރައްވާ ޕީޕީއެމް އިން ބުނީ އެ ޕާޓީއަށް ސޮއި ކުރުމުގެ ކަންތައް މާދަމަ އަށް ފަސްކޮށްފައިވާ ކަމަށެވެ.
އަދި މިހާދިސާ އާ ގުޅިގެން ޕީޕީއެމް އިން ވަނީ މަރުވި ފަރާތްތަކުގެ އާއިލާއަށް ތައުޒިޔާ ކިޔާފަ އެވެ.
ޕީޕީއެމް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ދީފަ އެވެ.
އިލެކްޝަނުން ބުނީ ޕީޕީއެމް އުފެއްދުމުގެ ޝައުގުވެރިކަން ފާޅުކޮށް 703 މީހުންގެ ފޯމު އިލެކްޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެ ފޯމުތައް ބެލުމަށް ފަހު 50 މީހުންގެ ފޯމު ސައްހަ ވެފައިވާތީ އެނަމުގައި ޕާޓީއެއް އުފެއްދުމަށް ސޮއި ހޯދުމަށާއި ކުރަން ޖެހޭ އެނިހެން ކަންތައް ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.