14 Jun 2018, 22:34
ދުނިޔެގެ ގިނަ ގައުމުތަކަށް 1439 ވަނަ އަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާ އެވެ.
އިސްލާމީ ގިނަ ގައުމުތަކަށް ޝައްވާލުމަހުގެ ހަނދުފެނިފައިވާތީ މާދަމާ، 15 ޖޫން 2018 ވާ ހުކުރު ދުވަހަކީ 1439 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް (1 ޝައްވާލު) ކަމަށް އެ ގައުމުތަކުން ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި ގަތަރު، ޔޫއޭއީ، ސައުދީ އަރަބިއާ، އިންޑޮނީޝިއާ، ތުރުކީ އަދި މެލޭޝިއާ ހިމެނެއެވެ.
އިންޑިއާ، ޕާކިސްތާނު އަދި ސްރީ ލަންކާ އަށް ފިތުރު އީދު ދުވަހަކީ 16 ޖޫން ވާ ހޮނިހިރު ދުވަހެވެ. މީގެ އިތުރުން އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑްގައިވެސް އީދު ފާހަގަ ކުރާނީ ހޮނިހިރު ދުވަހުއެވެ.
ފިތުރު އީދަކީ ރަމަޟާން މަހުގެ ރޯދަ އަށް ފަހު މުސްލިމުން ގަހަގަ ކުރާ މުނާސަބާ އެކެވެ. އީދު ފާހަގަކުރުމުގެ ހަރަކާތްތައް ފަށާނީ ހެނދުނު ކުރާ އީދު ނަމާދަށް ފަހުއެވެ. އީދު ފާހަގަ ކުރުމަށް އާއިލާގެ މީހުންނަށް ޒިޔާރަތްކުރުމާއި އަޚުވަންތަކަން ބަދަހި ކުރުމަށް ގިނަ ހަރަކާތްތަކެއް މުސްލިމުން ކުރިއަށް ގެންދެއެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ރޯދަ ހިފަން ގިނަ ގައުމުތަކުން ފެށީ މެއި މަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ ތެރޭގައި ބޮޑެތި އިސްލާމީ ގައުމުތައް ހިމެނެއެވެ.