09 Sep 2011, 13:50
ކ. ހުރައަށް މިއަދު ހެނދުނު ދަތުރު ގޮސް އުޅެނިކޮށް، އެ ސްކޫލްގެ ޕްރިންސިޕަލާ ހަތަރު ދަރިވަރުން މަރުވި ހާދިސާ އާއި ގުޅިގެން އެ އާއިލާތަކަށް ތައުޒިޔާ ދަންނަވަމެވެ. އަދި މަރުވި ދަރިވަރުންނާއި ޕްރިންސިޕަލްގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ނިއުމަތް ދެއްވުން އެދި ދުޢާކުރަމެވެ.
މިގައުމީ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ސަން މީޑިއާގެ ދަށުން ހިންގާ ސަންއެފްއެމް ރޭޑިއޯ އިން ޚަބަރު ގަޑިތައް ފިޔަވައި، މިހާރުން ފެށިގެން މާދަމާ މެންދުރު 1:00 އާ ހަމައަށް ބްރޯޑްކާސްޓް ކުރަމުން ގެންދާނީ ހަމައެކަނި ކީރީތި ޤުރުޢާން ކަމުގައި ދަންނަވަމެވެ.