15 Jun 2018, 09:42
މި މަހު އިސްލާމިކް ޔުނިވާސިޓީ އިން ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އިސްލާމިކް ޔުނިވާސިޓީން މިއަދު ނެރުނު ބަޔާނުގައި ބުނީ ޖޫން މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުުރުސަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަަމަށެވެ.
އިސްލާމިކް ޔުނިވާސިޓީން ބުނީ ކުރިއަށް މި ފެށޭ ސެމިސްޓާގައި 56 ކޯހެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މުޅިން އަލަށް އެ ޔުނިވާސިޓީގައި ފަށާ މާސްޓާސް އޮފް ޓީޗިން އެންޑް ލާނިން، އެޑްވާންސް ސެޓްފިކެޓް އިން އިންގްލިޝް ފޯ ޓްރެވަލް އެންޑް ޓޫރިޒަމް އަދި އެޑްވާންސް ސެތްފިކެޓް އިން އިސްލާމިކް ފައިނޭންސް ހިމެނޭ ކަމަށް އިސްލާމިކް ޔުނިވާސިޓީ އިން ބުންޏެވެ.
އޭގެ އިތުރަށް ޤިރާއަތު ކޯސް ލެެވަލް 1،2 އަދި ތިނެއްގެ ކޯސްތައް ވެސް ޒަމާނީ ގޮތަކަށް ފަރުވާ ކުރެވިވާ ކަމަށް ވެސް އިސްލާމިކް ޔުނިވާސިޓީން ބުންޏެވެ.
އިސްލާމިން ޔުނިވާސިޓީ އިން ދަނީ އިސްލާމިކް ފައިނޭންސާއި ޝަރީއާ އެންޑް ލޯ އާއި އެޑިއުކޭޝަން، ލީޑާޝިޕް، ގުރުއާން، އިސްލާމިކް ސްޓަޑީސް އަދި އަރަބި ބަހުގެ ދާއިރާއިން ސެޓްފިކެޓް ލެވެލް އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކޯސްތައް ހިންގަމުންނެވެ.