09 Sep 2011, 10:42
23:15 ހުރާގައި ގެނބިގެން މަރުވި ހަތަރު ކުދިންނާއި ޕްރިންސިޕަލް ވަޅުލައިފި
23:00 ހަށިތައް ވަޅުލަން ތަރުތީބު ކުރެވިފައިވާ ގޮތަކީ ޝައިހާ، ނާޒް، ނާސިހާ، ނާޒިމް، އަދި ނަޝްއަތު. ފަސް ހަށިގަނޑުވެސް ވަޅުލަނީ ސަހަރާގެ ހުޅަނގުގެ ފަސް ސަރަހައްދެއްގަ.
22:43 ޖަނާޒާގައި ނައިބުރައީސާއި ކޮމިޝަނަރު އޮފް ޕޮލީސް އަހުމަދު ފަސީހާއި ހޯމްމިނިސްޓާ ހަސަން އަފީފްގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ މޫސާ ޖަލީލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޕާޓީތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާ. ގިނަ އަނދަދެއްގެ އާންމުންވެސް ވަނީ ޖަނާޒާގެ ކަންތައް ކުރިއަސްދާ ގޮތް ބެލުމަށް ސަހަރާ ކައިރިއަށް އެއްވެފައި.
22:24 އިސްލާމިކް މިނިސްޓަރު ޑރ.އަބުދުލްމަޖީދު އަބުދުލް ބާރީ އިސްވެ ހުންނަވައިގެން ކަށުނަމާދު ކުރެއްވުމަށްފަހު އާސަހަރާ އަށް ސަންދޯތައް ގެންދިއުމުގެ މަސައްކަތް ކުރަނީ.
22:22 ޖަމްއުކޮށް ފަސް މީހުންގެ މައްޗަށް ކަށުނަމާދުކޮށް ނިމިއްޖެ. ކަށުނަމާދުގައި ގިނަ އަނދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައި. އަންހެނުންގެ ގިނަ އަނދަދެއްގެ އަންހެނުން ވެސް ވަނީ ބައިވެރިވެފައި.
22:07 ޕްރިންސިޕަލާއި ތިން ކުދިންގެ މޫނު ބަންދުކޮށް ޖަނާޒާގެ ކަންތައް ފަށައިފި.
21:30 މާދަމާ 11:00 އިން ފެށިގެން ތަޢުޒިޔާގެ ދަފްތަރެއް ހިރިޔާ ސްކޫލްގައި އޮންނާނެ ކަމަށާއި އެ ދަފްތަރުގައި ބޭނުން ފަރާތްތަކަކުން ލިޔުމުގެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށް އެޑިއުކޭޝަނުން މައުލޫމާތުދޭ.
21:03 މިހާދިސާއާ ގުޅިގެން ފަރުވާ ދެމުންދިޔަ އަށް ކުދިންގެ ތެރެއިން އެއް ކުއްޖަކު ފިޔަވައި ހުރިހާ ކުދިން ވަނީ ޑިސްޗާޖްކޮށްފައި. އެކުދިންގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް މަޢުލޫމާތު ލިބޭ.
19:52 އާއިލާގެ އެދުމުގެ މަތިން މޯޗަރީގައި ބޭއްވި ކުއްޖާގެ ހިނެވުމަށްފަހު އާސަހަރާއަށް ގެންދަން މަސައްކަތް ކުރަނީ. ގިނަ އަނދަދެއްގެ ބައަކު އަދިވެސް ދަނީ މަރުވި ފަރާތްތަކުގެ މޫނު ދެކުމަށްޓަކައި އިސްލާމީ މަރުކަޒު ކައިރިއަށް ޖަމާވަމުން.
7:36 މިރޭ 10:00 ޖަހަންދެން މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި ކުރިއަށް ދާނެ ކަމަށާއި ކަށު ނަމާދު ކުރާނީ އޭގެ ފަހުން ކަމަށް އިސްލާމިކް މިނިސްޓްރީ ބުނެފި. އެ މިނިސްޓްރީ ބުނީ ރަށްރަށުގައި ވެސް ޣައިބަށް ކަށުނަމާދު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް.
5:39 މަރުވި ފަރާތްތަކުގެ މޫނު ބެލުމަށް ގިނަ ބަޔަކު އިސްލާމީ މަރުކަޒު ކައިރީ ކިޔު ހަދައިގެން އެބަތިބި.
http://www.youtube.com/watch?v=ODPluM4VLuI
04:13 ހއ.ހޯރަފުށީ ސުވާސާގެ މަރިޔަމް ނާޒުގެ ހަށިގަނޑު ވަނީ އިސްލާމީ މަރުކަޒަށް ގެންގޮސްފައި. އެ ކުއްޖާގެ މޫނު ވެސް ދެއްކުމުގެ ކަންތައްތައް އިސްލާމީ މަރުކަޒުގައި ކުރިއަށް އެބަ ގެންދަވާ.
04:01 ހިރިޔާ ސްކޫލްގެ ކުދިންނަށާއި ބެލެނިވެރިންނަށް ކައުންސިލިން ދިނުމުގެ ކަންތައް ކުރިއަށްގެންދާނެ.
3:55 މަރުވި ކުދިންގެ މޫނު ދެއްކުން މިއަދު ހަވީރު 4:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި.
3:53 އައިޖީއެމްއެޗްގައި އަށް ކުއްޖަކަށް އަންނަނީ މިހާރު ވެސް ފަރުވާ ދެމުން.
3:38 މަރުވި ކުދިންގެ ޖަނަޒާ ބާއްވާ ގޮތަށް ހަމަޖެހިފައި ވަނީ މިރޭގެ ޢިޝާނަމާދަށް ފަހު. ޖަނާޒާ ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައި.
02:13 ތިން ވަނަ ކުއްޖާގެ ހަށިގަނޑު ވެސް ސަހަރާއަށް އެބަގެންދޭ.
02:08 ދެ ހަށިގަނޑެއް މިހާރު ވަނީ ސަހަރާގައި. އަދި މެލޭޝިއާއިންނާއި އައްޑޫގެ އިތުރުން ގދ. އިން ބެލެނިވެރިން އަންނަމުންދާތީ ޖަނާޒާގެ ކަންތައް ކުރިއަށް ގެންދާނެ ގިތަކާ ބެހޭ ގޮތުން އެޑިއުކޭޝަނުން ދަނީ މަޝްވަރާ ކުރަމުން.
01:40 ނިޔާވި ކުދިންގެ އާއިލާ މީހުންނާ ނައިބު ރައީސާއި ޕާޓީ ތަކުގެ ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައްދަލު ކުރައްވަމުން އެބަ ގެންދަވާ.
01:16 ނިޔާވި ކުދިންގެ އާއިލާ އަށް ރައީސް ތައުޒިޔާ ވިދާޅުވެ، ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ދިދަ ތިރި ކުރާ ގޮތަށް ނިންމަވައިފި.
01:06 މަރުވި ހަތަރު ކުދިންނަކީ 9 އެފެގް ހަތަރު ކުދިން. ދަތުރު ދިޔައީ ގްރޭޑް ނުވައެއްގެ ދެ ކުލާހެއްގެ ކުދިން. އެކުދިން ހުރާއަށް ދިޔައީ މިއަދު ހެނދުނު.
12:57 މަރުވި ކުދިންގެ ހަށިގަނޑުތައް ތާޖުއްދީން ސްކޫލަށް ގެންދިއުމަށް ތައްޔާރުވަނީ.
12:50 މިހާދިސާ އާ ގުޅިގެން އާއިލާގެ ފަރާތުން މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން 3322111 އާއި 3322112 އަދި 119 އަށް ގުޅުމަށް ފުލުހުން އެދޭ.
12:46 ކުޑައިރުކޮޅެއްގެ ތެރޭ މިވަގުތު ހުރާގައި ތިބި ކުދިން މާލެ ގެންނާނެ. އަދި އެކުދިންގެ ބެލެނިވެރިން ހިރިޔާ ސްކޫލަށް ދިއުމަށް ޑރ.ނަޒީރު އިލްތިމާސް ކުރައްވާ. ހިރިޔާ ސްކޫލްގައި ޑޮކްޓަރުންނާ ނަރުހުންގެ އިތުރުން ކައުންސިލަރުން ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވި.
12:44 ދާދިދެންމެ އެޑިއުކޭޝަންގެ ނައިބު ޑރ.ނަޒީރު މަރުވި ކުދިންގެ އާއިލާގެ މެމްބަރުންނާ ބައްދަލުކޮށް ވިދާޅުވީ މަރުވި ކުދިންގެ ކަށުކަމާކެމީގެ ކަންތައް ގޭގައި ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެބައޮތް ކަމަށާއި އަދި ސަހާރާގައި ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު އޮތް ކަމަށެވެ.
12:32 މިހާތަނަށް މަރުވި ކުދިންގެ ތެރޭ ހިމެނެނީ ޕްރިންސިޕަލް ވ.ފުލިދޫ މޫނިމާގޭ، އަލީ ނާޒިމްގެ އިތުރުން ހއ.ހޯރަފުށީ ސުވާސާގެ މަރިޔަމް ނާޒު، ނަޝްއަތު ސައީދު ގއ. ދެއްވަދޫ މީނާޒު، އައިޝާތު ސާނިހާ މުހައްމަދު ނަސީރު ހަނދުވަރީވިލާ ރ. ރަސްމާދޫ، މަރިޔަމް ޝައިހާ މ.މޮއިޝާ.
12:24 އަދިވެސް އިތުރު ކުދިން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނީ. ލަފާ ކުރެވޭ ގޮތުގައި އެކުދިން ގެނބުނީ ތިލަ ހިސާބެއްގައި ތިބެފައި ފުން ހިސާބަކަށް ގަނބައިގަނެގެން.
ހަތް ޓީޗަރަކާ ޕްރިންސިޕަލް އެވަގުތު މޫދުގައި ތިބި ކަމަށްވޭ.
12:18 ފިޝަރީޒް ސައިންސް ޕްރޮޖެކްޓް ހަދަން ހުރައަށް ދިޔައީ ގްރޭޑް 9 ގައި އުޅޭ 32 ކުދިން.
12:12 ލީޑިން ޓީޗަރުންނާ ބައެއް އިސްބޭފުޅުން ހޮސްޕިޓަލަށް ވަޑައިގެން ހަށިގަނޑު ތައް އައިޑެންޓިފައި ކުރަމުންދާ ކަމަށް ސަންގެ ނޫސްވެރިން މައުލޫމާތުދޭ
12:03 މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައި ތިބި މީހުންގެ ތެރޭ ހަތަރު ކުއްޖަކާ ޕްރިންސިޕަލް ހިމެނޭ.
11:58 އައިޖީއެމްއެޗްގެ ޑޮކްޓަރުން ވިދާޅުވީ ސަލާމަތްވުމުގެ ފުރުސަތު ކުޑަވީ އެކުދިންނަށް ލޮނު ބޮވިފައި ހުރި ވަރުން ނޭވާލާނެ ޖާގަ އެއްނެތުމުން ކަމަށް ލަފާކުރެވޭ ކަމަށެވެ.
11:50 ފޮތިގަނޑު އަޅާފައިވަނީ ކުޑަ ތިން ކުއްޖަކާ ބޮޑު ދެ މީހެއްގެ ގައިމަތީގަ އެވެ. އަދި ޑޮކްޓަރުން ލަފާކުރައްވާ ގޮތުގައި އެމީހުން ވަނީ މަރުވެފައި.
11:49 އިތުރު ކުއްޖަކު އައިޖީއެމްއެޗަށް ގެންދަން އެމަޖެންސީ ރޫމްތެރޭ ޖާގަ ހަދަމުންދާ ކަމަށް ސަންގެ ނޫސް ވެރިން މައުލޫމާތު ދޭ.
11:41 އައިޖީއެމްޗް ތެރެއަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވަމުންދާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސަންގެ އެހެން ނޫސް ވެރިން މައުލޫމާތުދޭ.
11:39 ލަފާ ކުރެވޭ ގޮތުގައި މޫނު މަތީގައި ފޮތިގަނޑު ނާޅާ އޮތް ހަތަރު ކުދިން ވެސް ވަނީ މަރުވެފައި. އެކުދިންނަށް ސިއްހީ އެހީތެރިން މިވަގުތު އެޓެންޑް ކުރަމުން ނުދާ ކަމަށް ސަންގެ ނޫސްވެރިޔާ މައުލޫމާތުދޭ
11:38 އޭގެތެރެއިން ބޮޑުމީހާގެ މޫނާ އެއްކޮށް ވަނީ ނިވާކޮށްފައި. ނަމަވެސް ހަތަރު ކުދިންގެ މޫނު ވަނީ ނިވާ ނުކޮށް ކަމަށް ސަންގެ ނޫސްވެރިން މައުލޫމާތުދޭ.
11:36 އައިޖީއެމްއެޗްގައި ހަތަރު ކުއްޖަކާއި ބޮޑު މީހެއްގެ ހަށިގަނޑުގައި ފޮތިގަނޑު އަޅާފައި އެބައޮތް ކަމަށް އައިޖީއެމްއެޗްގައި ހުރި ސަންގެ ނޫސްވެރިޔާ މައުލޫމާތު ދޭ.
11:23 އެކުދިންނާއެކު ބިދޭސީ ޓީޗަރުންތައް ފިޔަވައި އެއްވެސް ބެލެނިވެރިއަކު ނުދާ ކަމަށް މައުލޫމާތު ލިބޭ. ތިން ކުއްޖަކާ ޕްރިންސިޕަލް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބޭ.
11:11 އެކުދިންނާ އެކު ގޮސް ތިބި ކަމަށް ވަނީ ބިދޭސީ ޓީޗަރުން. އެތަނުން އަށް ކުއްޖަކު ނެގި މީހަކު ބުނީ ގިނަ ކުދިން ގެނބުނީ އެތަނުން އެއްކުޖަކު ގެނބުނީމަ އެކުއްޖާ ސަލާމަތް ކުރަން ހިފެހެއްޓި ވަގުތު ކަމަށް ބެލެވޭ ކަމަށް. އޭނާ އަދި ބުނީ އެކުދިން އަޑީގައި ތިބީ ކިހާ އިރެއް ވަންދެން ކަމެށް ބުނަން ނޭންގޭ ކަމަށާއި އޭރުވެސް ގިނަ ކުދިންގެ ވިންދު ނެތް ކަމަށެވެ. އަދި އެތާ ތިބި ބިދޭސީ ޓީޗަރުންނަށް ފަތަން އެނގޭހެން ހީނުވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެކުދިން ތިބީ ތިލަ ހިސާބެއްގައި ކަމަށް މައުލޫމާތު ލިބޭ.
11:10 ހުރައަށް ދިޔަ ކުދިންނަކީ ފިޝަރީޒް ސައިންސް ޕްރޮޖެކްޓް ހަދަން ދިޔަ ކުދިން ކަމަށްވޭ.
11:09 ގިނަ ކުދިންގެ ވިންދު ވަރަށް ބޮޑަށް ދަށްވެފައި ހުރި ކަމަށް މައުލުމާތު ލިބޭ.
11:03 އަދި ވެސް ބައެއް ކުދިން ހޯދުމުގެ މަސައްކަތް ދަނީ ހުރާގައި ކުރަމުން. އެކުދިން މޫދަށް އެރި އުޅުނު ހިސާބުގައި އަށް ފޫޓް ހުންނާނެ ކަމަށް މައުލޫމާތު އެބަލިބޭ.
11:02 ފަސް ކުއްޖަކާ ޕްރިންސިޕަލް އެޑީކޭ އަށް އެބަގެންދޭ. ޕްރިންސިޕަލަކީ ފިރިހެނެއް.
11:00 މޫދުން ނެގި މީހަކު ބުނީ އަށް ކުދިން އަޑީގައި ތިބި ކަމަށް. އެކުދިން ތިބީ ވަރަށް ބޮޑަށް ފިނިވެފައި ކަމަށް ވެސް އޭނާ ބުނޭ. ހުރައަށް 40 ހަކަށް ކުދިން ދަތުރު ދިޔަ ކަމަށްވޭ.
10:56 ހަތަރު ކުއްޖަކު މަރުވެފައިވާ ކަމަށް އިތުބާރު ހުރި ފަރާތްތަކުން ދަނީ ބުނަމުން
10:54 އަދި ލޯންޗަށް އެރުވި ފަސް ކުދިންގެ ތެރެއިން އެއް ކުއްޖަކު ނޭވާ ނުލާ ކަމަށް ހުރަ ކުޑަ ކަތީބު ވިދާޅުވި އެވެ. މިހާރު އެ ފަސް ކުދިން ވެސް ވަނީ ފޯ ސީޒަންގެ ލޯންޗެއްގައި މާލެ ގެނެސްފަ އެވެ.
10:52 އެކުދިން ގޮވައިގެން ދިޔަ ޕްރިންސިޕަލް ލޯންޗަށް އެރުވި އިރު ނޭވާ ނުލައި ކަމަށާއި އަގައިން ލޭ އައިސްފައި ހުރި ކަމަށް ހުރާ ކުޑަ ކަތީބު ވިދާޅުވި އެވެ.
ހުުރައަށް ކޭމްޕް ދިޔަ ހިރިޔާ ސްކޫލްގެ ހަތަރު ކުއްޖަކު ގެނބި. ސީރިއަސް ކަމުގެ ރިޕޯޓް އެބަލިބޭ
ފުލުހުން ވެސް ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައި. އެ ކުދިންނަށް ހުރާ ސިއްހީ ފަރުވާ ދެނީ.
ތިން ކުއްޖަކު އެޖމަޖެންސީގައި ހޮސްޕިޓަލަށް އެބަގެންދޭ
ފޯ ސީޒަން ލޯންޗުގައި އެކުދިން މާލެ ގެނައީ