މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ހަނދާ ގުޅޭ ގޮތުން އިއްވި ބަޔާނުގައި ބުނެފައިވަނީ އިތުބާރުހުރި ފަލަކީ ހިސާބުން ދައްކާތީ އާއި އިސްލާމީ އެއްވެސް ގައުމަކަށް ވެސް ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާތީ މާދަމާއަކީ ރަމަޝާން މަހުގެ 30 ވަނަ ދުވަސް ކަމަށް ކަނޑައަޅައި އީދު ދުވަހަކީ މި ޖޫން މަހުގެ 15 ވާ ހުކުރު ދުވަސް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ރޯދަ މަހުގެ އަޅުކަމުގެ ފުރިހަމަ ސަވާބު އެންމެހާ ދިވެހިންނަށް ދެއްވުމަށް އެދޭ ކަމަށާއި އީދު ދުވަހުގެ ތަހުނިޔާ އަރިސް ކުރާ ކަމަށެވެ.

ސަރުކާރުން ވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހާއި ހަމައަށް ފިތުރު އީދުގެ މުނާސަބަތުގައި ބަންދު ދުވަސް ގޮތުގައި ކަނޑައަޅާފައެވެ.